ބޭކާރު ޚަރަދުތައް ނުކުރޭ!: ހުވަފެނެއް ފެނުނީމާ އެއިގެ ޙަޤީޤަތް ހޯދަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުވާނެ!

ހުވަފެނެއް ފެނުމުން އެހުވަފެން ތަޢްބީރުކުރަން މީސްމީހުންގެ ގާތަށް ގޮސް ބޮޑެތި ޚަރަދުތައްވެސް ކުރެއެވެ. ނަމަވެސް އެއީ ކުރެވޭ ބޭކާރު ޚަރަދުތަކެކެވެ. އެކަން ނުއެނގިތިބެ ބައެއް މީހުންނަށް އެފަދަ ކަންކަން ކުރެވެނީއެވެ. އެއްވެސް ބާވަތެއްގެ ހުވަފެނެއް ފެނުމުން މާނަކުރަން މީސްމީހުންގެ ގާތަށް ނުހިނގަންވީ ބައެއް ސަބަބުތައް ބުނެލާނަމެވެ!
ހުވަފެނެއް ފެނިގެން ހޭލެވޭއިރު ބިރުވެރިކަން ނެތްނަމަ އެއީ ﷲ ތައާލާގެ ޙަޟްރަތުން ފެންނަ ހުވަފެނެކެވެ. އެފަދަ ހުވަފެނުގައި މީހާއަށް ފަހުން ލައްވަވާނެ ރަޙްމަތް ވެސް ފެނިދާނެއެވެ.
އަދި (ތަޢާލާ އަންގަވައި ދެއްވެވުމުން މެނުވީ) އެއްވެސް މީހަކަށް ހުވަފެން މާނަކުރާކަށް ނުއެނގޭނެއެވެ. ރަސޫލް ﷺ އަށް ފެނިވަޑައިގެންނެވި ހުވަފެން ފުޅެއް ތަރުޖަމާކުރެއްވެވުމުގެ ހުއްދައަށް އަބޫބަކުރުގެފާނުގެ އެދިވަޑައިގަތުމުން ހުއްދަ ދެއްވެވިއެވެ. އަދި ތަރުޖަމާ ކުރެއްވެވުމަށްފަހު ތަރުޖަމާ ކުރެއްވެވުނީ ރަނގަޅަށްތޯ ސުވާލުކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވީ ބައެއް ކަންކަން ރަނގަޅު ކަމަށެވެ. އަދި އަނެއްބައި ކަންކަން ރަނގަޅު ނޫން ކަމަށެވެ.
އަބޫބަކުރުގެފާނަށް ނުކުރެއްވެވުނު އެފަދަ ކަމެއް އެހެން އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމަށް ޤަބޫލެއް ނުކުރަމެވެ. ވީމާ މީސްމީހުންގެ ގާތު ހުވަފެނުގެ މާނަ އަހަމުން ހިނގުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
މިސާލަކަށް ހުވަފެނުގައި މީހުން މިލާ ލިބާސް ނުވަތަ ގަމީހުގެ މިނުން އެއީ އެމީހާގެ ދީންވެރިކަން ހުރިވަރުކަމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. ނަމަވެސް އެއީ ކޮންމެ ހުވަފެނަކަށް ނޫނެވެ. އެހުވަފެނަށެވެ. ހުވަފެނުގައި ފެންނަ ކަންކަމަކީ އެއް ހުވަފެނުން އަނެއް ހުވަފެނަށް ބަދަލުވާ އެއްޗެކެވެ.
--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ