ފާޓިލިޓީ ކޮމިއުނިޓީން ޕީސީއޯއެސްއަށް ހޭލުންތެރިކުރަން ސެމިނާއެއް ބާއްވަނީ
މިމަހު 24ގައި, ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް)އަށް ހޭލުންތެރިކުރުމަށް ސެމިނާއެއް ބޭއްވުމަށް, ދަރިމައިވުމުގެ ސިއްހަތާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާ، ފާޓިލިޓީ ސަޕޯޓު ކޮމިޓީ(އެފްއެސްސީ) ނިންމައިފިއެވެ. ޕީސީއޯއެސްއަކީ ދަރިމައިވުމުގެ އުމުރުފުރައިގެ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ހޯމޯން ޑިސްއޯޑާއެކެވެ. ސެޕްޓެމްބަރަކީ ދުނިޔޭގެ ފެންވަރުގައި، ޕީސީއޯއެސް އާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ މަހެވެ. ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލުކުރާ ފަރާތްތަކުގެ ބޮޑު އިންސައްތައެއް ޕީސީއޯއެސް ތަޖުރިބާ ކުރާކަން ފާހަގަވެފައިވާ ކަމަށް ފާލިޓީ ސަޕޯޓު ކޮމިއުނިޓީން ބުންޏެވެ. މިއަހަރުގެ ޕީސީއޯއެސް ސެމިނާ ބާއްވަން ހަމަޖެހިފައިވަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާ އެކީގައި ޕެނެލް ޑިސްކަޝަންއެއް ހިމެނޭ ގޮތަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މި ޕެނެލް ޑިސްކަޝަންގައި އަލިއަޅުވާލާނީ "އަންޑަސްޓޭންޑިން އެންޑް މެނޭޖިން ޕީސީއޯއެސް" މި މައުޟޫއަށެވެ. ޕީސީއޯއެސްއަށް ހޭލުންތެރިކުރަން ބާއްވާ ސެމިނާގެ ޕެނަލިސްޓުން ---- ފޮޓޯ/އެފްއެސްސީ ޕެނަލިސްޓުންގެ ގޮތުގައި ހިމެނެނީ: ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ޕިޒިޝަން އަދި އެންޑޯކްރޮނޮލޮޖިސްޓް. ޑރ. މުހައްމަދު ޝިރުހާން އޭޑީކޭ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އޮބްސްޓުރޭޓިކްސް އެންޑް ގައިނަކޮލޮޖީ ޑރ. ލީނާ ސަލީމް ޓްރީޓޮޕް ހޮސްޕިޓަލް ފާޓިލިޓީ ސެންޓަރުގެ ލީޑިން އިންފާޓިލިޓީ ސުޕެޝަލިސްޓް ޑރ. އަނީތާ ގޯރް ހީޓް ހެލްތް އެންޑް ފިޓްނަސްގެ ސީއީއޯ އަދި އޭސީއީ ސެޓިފައިޑް ޕާސަނަލް ޓްރެއިނަރު އާއިޝަތު ޝިފާނާ ވަޖީހު އައިޖީއެމްއެޗް އަދި ސެނަހިޔާގެ ޑައިޓިޝަން މަރްޔަމް ތައިމާ މުޙައްމަދު އުޝާމް ސެމިނާގެ ބައިވެރިންނަށް ޕީސީއޯއެސްއާ ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ފާޓިލިޓީ ކޮމިއުނިޓީ ސެންޓަރުން ބުނެއެވެ. މިމަހުގެ 24ގައި 16:00އިން 18:00އަށް މި ސެމިނާ އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ބިޒްނަސް ސްކޫލްގައެވެ މިއަހަރުގެ ޕީސީއޯއެސް ސެމިނާ ސްޕޮންސާ ކޮށްފައި ވަނީ ސެލޫން ފެމިނާ، ދަ ވެލްނެސް ކުލަބް، ޝަފީއާ ހެލްތް އިންސްޓިޓިއުޓް އަދި އޭޑީކޭ ހޮސްޕިޓަލެވެ. ސެމިނާގެ ބައިވެރިއަކަށް 3 ލޭޒާ ހެއާރިމޫވަލް ސެޝަނަކާއި ސެލޫން ފެމިނާއިން ތިން ބައިވެރިންނަށް ފޭޝިއަލް ޕެކޭޖް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެފްއެސްސީގެ ފައުންޑަރު އާޝާ ހުސައިން: އެޖަމިއްޔާއިން ވަނީ، މިމަހު ޕީސީއޯއެސްއަށް ހޭލުންތެރި ކުރުމަށް ސެމިނާއެއް ބާއްވަން ނިންމާފައި --- ފޮޓޯ/ އެފްއެސްސީ އެފްއެސްސީގެ ފައުންޑަރު އާޝާ ހުސައިން ވިދާޅުވީ، ޕީސީއޯއެސްއަކީ އުމުރަށް ދިގު ދެމިގެންދާ ބައްޔެއްކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެ ކަމަށެވެ. "،ފުރާވަރު އުމުރުން ފަށައިގެން މިކަމާ ބެހޭ މައުލޫމާތު ހޯދާ، އާއިލާ ބިނާކުރަން ރޭވުން އަދި ބަލީގެ އަލާމާތްތައް ދެނެގަތުމަށްޓަކައި މެޑިކަލް ޕޮރޮފެޝަނަލްސް އާ ބައްދަލުކުރުން އެއީ ވަރަށް މުހިއްމު ކަމެކެވެ." އާޝާ ވިދާޅުވިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި، ދަރިމައިނުވުމުގެ އަސަރު އެތައް މިލިއަން ބަޔަކަށް ކުރާއިރު، އެމީހުންގެ އާއިލާތަކަށާއި މުޖުތަމައުތަކަށް ވެސް އޭގެ އަސަރު ކުރެއެވެ. ލަފާކުރެވޭ ގޮތުގައި ދުނިޔޭގެ ނިސްބަތުން ނަސްލު އުފެއްދުމުގެ އުމުރުގެ ކޮންމެ ހަ މީހުންގެ ތެރެއިން ގާތްގަނޑަކަށް އެކަކަށް ދަރިމައިނުވުމުގެ މައްސަލަ ދިމާވާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ދަރިމައިވުމުގެ ސިއްޙަތާ ގުޅޭގޮތުން މުޖްތަމައު ހޭލުންތެރިކުރުވާ ސިއްހީ ސައްހަ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދީ، އަދި ދަރިމައިވުމުގެ އުނދަގޫ ތަޙައްމަލުކުރައްވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެ ހިތްވަރުދިނުމަށްޓަކައި ޖަނަވަރީ 27، 2021ގައި ރަޖިސްޓްރީކުރި ޖަމްޢިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ