ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ގަދަބާރު ރިއަލް މެޑްރިޑްއިން އޮލިމްޕިކް މާސޭ އާ ކުރިމަތިލައި 2-1 އިން މެޗު ކާމިޔާބުކޮށްފައެވެ. މެޑްރިޑްގެ ސެންޓިއާގޯ ބަރުނަބިއުގައި ކުޅުނު މި މެޗުގައި މެޑްރިޑްގެ ދެ ލަނޑު ވެސް ޖެހީ ކައިލިއަން އެމްބާޕޭގެ ޕެނަލްޓީއަކުންނެވެ.
މެޗުގެ އެންމެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 22 ވަނަ މިނެޓުގައި މާސޭގެ ޓިމޮތީ ވެއާ މާސޭ އެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވަނީސް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ރޮޑްރީގޯ އަށް ބޮކްސް ތެރޭގައި ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެމްބާޕޭ ވަނީ ގޯލަކަށް ބަދަލުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި މެޗު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި މާސޭގެ ގޯލްކީޕަރު ޖެރޯނިމޯ ރުލީ އަށް ކުރި ފައުލަކާއި ގުޅިގެން މެޑްރިޑްގެ ތަޖުރިބާކާރު ޑިފެންޑަރު ޑާނީ ކަރުވަހާލް އަށް ރަތް ކާޑު ދައްކައި މެޗުން ފޮނުވާލެވުނެވެ.
މެޑްރިޑުގެ 50 ވަނަ ގޯލު ކާމިޔާބުކޮށްދިނުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ އިމޭޖެސް
ނަމަވެސް 10 ކުޅުންތެރިންނާއެކު ކުޅެމުން ދަނިކޮށް ފަކުންޑޯ މެޑީނާގެ އަތުން ބޯޅައިގައި އަތްލެވުމާ ގުޅިގެން ލިބުނު ދެވަނަ ޕެނަލްޓީ އެމްބާޕޭ ވަނީ ގޯލަކަށް ބަދަލުކޮށް، އޭނާގެ 50 ވަނަ ގޯލު ކްލަބަށް ކާމިޔާބުކޮށްދީފައެެވެ.
މެޗުގެ ފަހު މިނެޓުތަކުގައި މާސޭ އިން ވަނީ ވަރަށް ބޮޑަށް މެޑްރިޑްގެ ގޯލަށް ޕްރެޝަރު ކޮށްފައެވެ. ނަމަވެސް މެޑްރިޑްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ވަނީ ގޯލު ދިފާއުކޮށް، މެޑްރިޑްގެ ޗެމްޕިއަންސް ލީގުގެ 200 ވަނަ މެޗު ކާމިޔާބުކޮށްދީފައެވެ.
އެ މެޗުގައި ގިނަ ގޯލު ޖެހުމުގެ ފުރުސަތުތަކެއް ގެއްލި، ރެފްރީގެ ނިންމުންތަކާމެދު ވަރަށް ބޮޑަށް މާސޭގެ ކުޅުންތެރިންނާއި އޮފިޝަލުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.
ޗެމްޕިއަންސް ލީގު: ޕެނަލްޓީގެ އެހީގައި ރިއަލް މެޑްރިޑް މޮޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ