ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނެ ހައްޔަރުކުރިއެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ދޫކޮށްލައިފި އެވެ.
އޭނަ ދޫކުރީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމޮނަލް ކޯޓަށް ގެންދިޔުމުން ތުހުމަތުކުރާ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.
ކޯޓުގައި ފުލުހުން ބުނީ ހުސައިން ހައްޔަރު ކުރީ ފުލުހުން މާލޭގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރި ވަގުތު އެތަނުގައި ހުރެފައި ފޮޓޯއެއް ނަގާފައިވާތީ އާއި އެ ފޮޓޯ ޑިލީޓް ކުރަން ތަކުރާރުކޮށް އެންގުމުން ވެސް ފޮޓޯ ޑިލީޓު ނުކޮށް އިތުރު ފޮޓޯ ނަގަން އުޅުމުން ކަމަށެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހުސައިން އަކީ އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސެވެ.
ކޯޓުން ހުސައިން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ