މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލައިގެ ތަހުގީގަށް ފަހު އެކަމުގައި ޝާމިލްވާ މީހުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.
މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބެންކު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރީ މި އަހަރުގެ ޖުލައި 8 ވަނަ ދުވަހު އެވެ.
މައްސަލައިގެ ތަހުގީގަށް ތުހުމަތު ކުރެވޭ ފުލުހުން ވަނީ މާލެ ގެނެސްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން އެ ބޯޑުން ނިންމީ ތުހުމަތު އޮތް ހަތަރު މުވައްޒިފަކު ވަޒީފާއިން ވަކިކުރުމަށް ލަފާ ދީފައިވާ ކަމަށެވެ.
އަދި އިސްތިއުނާފް މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފުލުހުން ބެލީ ކޮއްތު ފައިސާ އެ ފުލުހުންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. އެކަން ކުރަމުން އައީ އެ ރަށުގައި ތިބޭ ފުލުހުންނަށް ކޮއްތު ތައްޔާރު ކޮށްދޭ މީހާއާ ގުޅިން ކަމަށް ވެ އެވެ.
ނަމަވެސް އެ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ: ހަތަރު ފުލުހަކު ވަކިކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ