ހުޅުމާލޭގައި އަޅާ ވަގުފު އިމާރާތުގެ މަސައްކަތް 244.5 މިލިއަން ރުފިޔާ އަށް އާރުސީސީ އާ ހަވާލުކޮށް، އިމާރާތުގެ ބިންގާ އަޅައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ބިިންގާ އަޅުއްވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - މިއީ ރާއްޖޭގައި ގާއިމްކުރާ މިފަދަ ދެވަނަ ވަގުފު އިމާރާތެވެ.
ދާރުއްސަލާމްގެ ނަމުގައި މި އިމާރާތް ކުރަނީ 20،000 އަކަފޫޓުގެ ސަރަހައްދެއްގައި 12 ފަންގިފިލާއަށް
މަސައްކަތް ނިންމަން ހަވާލުކުރީ 2 އަހަރު ތެރޭ
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އާބާދީ ބޮޑު އެހެން ސަރަހައްދުތަކުގައި ވެސް ވަގުފު އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި ތަންތަނުން ލިބޭ އާމްދަނީ ހަރަދުކުރަން ނިންމާފައި ވަނީ، އިސްލާމީ ވަހުުދަތު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު މަސައްކަތްތަކަށެވެ.
ހުޅުމާލޭ ވަގުފު އިމާރާތުގެ ބިންގާ އަޅައިފި؛ މަސައްކަތް 244.5 މިލިއަން ރުފިޔާ އަށް އާރުސީސީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ