ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ވަކިކުރަން ހުށަހަޅަނީ

ކްރިމިނަލް ކޯޓުގެ ގާޒީ ހުސެން ފާއިޒު ރަޝާދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޖޭއެސްސީ އިން ބުނީ ފަނޑިޔާރު ހުސެން ފާއިޒު މަގާމުން ވަކިކުރުމަށް ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެންދިޔަ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވުމުން ކަމަށެވެ.
ތަފްސީލް - ޖޭއެސްސީ އިން ބުނީ ފަނޑިޔާރު  ފާއިޒްގެ މި އަމަލަކީ، ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި،ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)ގެ 33 ވަނަ މާއްދާގެ (ށ) އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 2.1 އާއި، 3.1 ގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު ޢަމައަމަލެއް ކަމަށެވެ.
އެހެންކަމުން ޖޭއެސްސީގެ ގާނޫނުގެ ދަށުން، ކްރިމިނަލް ކޯޓުގެ ގާޒީ  ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ކަމަށް ވެސް ޖޭއެސްސީ ްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ