ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހަމައަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މި ވިއްސާރައިގެ ސަބަބުން މިއަދު މެންދުރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
މިއަދު މެންދުރުފަހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ އެކި މަގުތަކުގައި ފެންބޮޑުވެ، އާންމު ދަތުރުފަތުރުކުރުމަށް ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ. ޚާއްޞަކޮށް ތިރި ހިސާބުތަކުގައި ފެން ބޮޑުވެފައިވާ މިންވަރު އިތުރުވެފައިވާއިރު، މޫސުމުގެ ޙާލަތު ގޯސްވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތަށް ބާރުބޮޑުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށް ދަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.
ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައިގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ޅ.އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފައެވެ. މެޓް އޮފީހުން އިލްތިމާސްކުރައްވާފައިވަނީ މި ސަމާލު ނެރެފައިވާ ސަރަހައްދުތަކުގެ ރައްޔިތުންނާއި، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ދަތުރުތައް ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ބޯކޮށް ވާރޭވެހޭނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ