ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

މި ސަރުކާރުގައި އެންމެ ފުރަތަމަ, ވަކިކުރަން މަސައްކަތްކުރި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ހިމެނޭހެން ތިން މެންބަރަކު، އެ ކޮމިޝަނަށް މިއަދު އައްޔަންކުރައްވައިފިއެވެ.ނާސިހު ހިމެނޭހެން ތިން ބޭފުޅަކު ވަނީ އެ ކޮމިޝަނަށް އައްޔަނުކޮށްފަ އެވެ.އެ ބޭފުޅުންނަކީ:ޑރ. ހުސެން ފާއިޒުޑރ. ދީބާ މޫސާސީއެސްސީގެ މެންބަރު ކަމަށް މިއަދު އައްޔަން ކުރެއްވި ތިން ބޭފުޅުން ހުވާކުުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ރައީސް އޮފީހުގައި ބާއްވައިފަ އެވެ.މިހާރު ސީއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި ނާސިހު ވަނީ އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ލިވަޕޫލް ޔުނިވާސިޓީން މާސްޓާސް ހާސިލްކުރައްވައި، ޓެލެކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓިންގެ ދާއިރާގައި 28 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައެވެ.އެގޮތުން، ބްރޯޑްކޮމްގެ އަމީންއާންމުގެ މަގާމާއި އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް ކުރެއްވިއެވެ.ފާހަގަކޮށްލެވޭ ގޮތުގައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނާސިހު ވަކިކުރަން ހުށަހެޅީ މިދިޔަ ނޮވެންބަރު މަހު، އަމިއްލަ މަގުސަދެއް ހާސިލުކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، ޝަކުވާ ލިބިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް، ހަމަ އެ މަހު މަޖިލީހުން ވަނީ އޭނާ ވަކި ނުކުރަން ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ