ވަސްޓަޕެން އަށް ފޯމިއުލާ ވަންގެ ރެކޯޑެއް ވަސްޓަޕެން އަށް ފޯމިއުލާ ވަންގެ ރެކޯޑެއް

މޮންޒާ, އިޓަލީ (ސެޕްޓެމްބަރު 7) - އިޓަލިއަން ގްރޯން ޕްރީ ރޭހުގެ ކޮލިފައިންގެ އެއް ވަނަ، ރެޑްބުލްގެ މެކްސް ވަސްޓަޕެން ހޯދައިފި އެވެ.
ކޮލިފައިންގެ އެއް ވަނަ ހޯދި, ވަސްޓަޕެން އިޓަލިއަން ގްރޯން ޕްރީ ފަށާނީ ރޭހުގެ އެއް ވަނައިގަ އެވެ. ވަސްޓަޕެން ވަނީ ކޮލިފައިންގަ ފާހަގަކޮށްލެވޭ ލެޕެއް ފުރިހަމަ ކޮށްފަ އެވެ. އޭނާގެ ލެޕް ޓައިމަކީ 1 މިނެޓާ 18.792 ސިކުންތެވެ. މިއީ، މިހާތަނަށް ފޯމިއުލާ 1 ގެ ތާރީހުގައި ވެސް ރެކޯޑުކުރެވުނު އެންމެ ބާރު ލެޕެވެ. އަދި، 5.793 ކިލޯމީޓަރުގެ ޓްރެކްގައި ވަސްޓަޕެން ދުއްވަމުން ގެންދިޔައީ ގާތްގަނޑަކަށް ގަޑިއަކު 264.68 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ.
ވަސްޓަޕެންގެ ފަހަތުން ދެ ވަނައިގައި ރޭސް ފަށާނީ މެކްލަރެންގެ ލޭންޑޯ ނޮރިސް އެވެ. ވަސްޓަޕެން އަށް ރޭސް ނިންމުނީ ނޮރިސް އަށް ވުރެ އެންމެ 0.077 ސިކުންތު ކުރިންނެވެ. ކޮލިފައިންގެ ތިން ވަނަ ލިބި, ރޭހުގެ ތިން ވަނައިގަ ފަށާނީ ނޮރިސްއާ އެކު އެއް ޓީމެއްގައި ހިމެނޭ އޮސްކާ ޕިއާސްޓްރީ އެވެ.
ފެރާރީގެ ޑްރައިވަރު ޗާލްސް ލެކްލާކް ކޮލިފައި ވެފައިވަނީ ރޭހުގެ ހަތަރު ވަނަ އަށެވެ. އަދި، ކޮލިފައިންގެ ފަސް ވަނަ ލިބުނީ ފެރާރީގެ ލުއިސް ހެމިލްޓަން އަށެވެ. އެހެން ނަމަވެސް, އެންމެ ފަހުން ކުރިއަށް ދިޔަ ޑަޗް ގްރޯން ޕްރީގެ ޕެނަލްޓީއެއްގެ ސަބަބުން އޭނާ ރޭސް ފަށާނީ ދިހަ ވަނައިގަ އެވެ.
ހަ ވަނަ އަށް މަސެޑީޒްގެ ޖޯޖް ރަސެލް ކޮލިފައި ވެފައިވާއިރު ހަތް ވަނަ އަށް ކޮލިފައި ވެފައިވަނީ ވެސް ހަމަ އެ ޓީމުގެ ކިމީ އެންޓޮނެލީ އެވެ. އަދި ރޭހުގެ އަށް ވަނައިގައި ފަށާނީ ސޯބާގެ ގެބްރިއެލް ބޯޓޮލެޓޯ އެވެ. އޭނާގެ ފަހަތުން ނުވަ ވަނަ އަށް ކޮލިފައިވެފައި ވަނީ އެސްޓަން މާޓިންގެ ފެނާންޑޯ އަލޮންސޯ އެވެ. ކޮލިފައިންގެ ދިހަ ވަނަ ލިބިފައި ވަނީ ރެޑް ބުލްގެ ޔުކީ ސުނޯޑާ އަށެވެ.
ފޯރިގަދަ ކޮލިފައިންއަކަށް ފަހު, މިހާރު އެންމެންގެ ލޯތައް އަމާޒުވެފައިވަނީ މިއަދުގެ 18:00 ގައި އޮތް ރޭހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ