މަރަދޫފޭދުއަށް އެރި ނަގޫރޯޅީގައި ލިބުނު ގެއްލުން މިރޭ ހައްލުވާނެ، ވަގުތީ ހިޔާ ދޭންޖެހޭ ހާލަތަކަށް ނުދޭ: ކައުންސިލް

އައްޑޫ ސިޓީ، މަރަދޫފޭދުއަށް މިއަދު ހެނދުނު އެރި ނަގޫރޯޅިއެއްގައި ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހޭ ހާލަތަކަށް ނުދާ ކަމަށް، އައްޑޫ ސިޓީ ކައުންސިލުން މިރޭ ބުނެފިއެވެ. މަރަދޫފޭދުއަށް މިއަދު މިއަދު ހެނދުނު އެރި ނަގޫރޯޅިއެއްގައި ވަނީ ގެތަކެއްގެ ފުރާޅު އެއްލާލައިފައެވެ. އެއީ އެ އަވަށުގެ ފަސް ގެއަކާއި ހިނަވާގޭގެ ފުރާޅުން ބައިތަކެކެވެ. "ސަން"އިން ސުވާލުކުރުމުން މަރަދޫފޭދޫ އަވަށުގެ ކައުންސިލަރު ޚާލިދާ މުހައްމަދު ވިދާޅުވީ، މިއަދު އެރި ނަގޫރޯޅީގެ ސަބަބުން އެއް ގެއެއްގެ ފުރާޅުގެ އެއްބައި އެއްލާލިއިރު، ދެން ހުރި ގެތަކުގެ ފުރާޅުތަކުން އެއްލާލީ ތިން ހަތަރު ގަނޑު ޓިނު ކަމަށެވެ. https://x.com/MNDF_Official/status/1964943345731748322 "އަނެއްހެން އެއްވެސް ގެއަކުން މީހަކު ބަދަލުކުރާ ހާލަތަކަށް ނާދޭ،" އެއްވެސް އާއިލާއަކަށް ވަގުތީ ހިޔާވަހިކަން ދޭން ޖެހުނުތޯ ސުވާލުކުރުމުން އޭނާ ވިދާޅުވިއެވެ. ޚާލިދާ ވިދާޅުވީ، ހަލާކުވި ފުރާޅުތައް މަރާމާތުކުރުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި، މިރޭގެ ވަގުތެއްގައި އެ މަސައްކަތް ނިންމާލެވޭ ވަރު ވާނެ ކަމަށެވެ. https://sun.mv/210993 ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން "ސަން"އަށް ބުނީ، މަރަދޫފޭދުއަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަށް، އޮންނަ އުސޫލުގެ ތެރެއިން ކައުންސިލަށް އެހީތެރިކަން ދޭނެ ކަމަށެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން މެޓުން މިއަދު 'ސަން'އަށް ބުނީ، އެއީ، ހެނދުނު 08:30ހާއިރު އެ ސަރަހައްދަށް ކުއްލިއަކަށް އައި ވިލާގަނޑެއްގައި ލިބުނު ގެއްލުމެއް ކަމަށެވެ. އެހެންނަމަވެސް އެ ސިޓީގެ ރަށްތަކަށް މޫސުން އެހާ ގޯހެއް ނޫން ކަމަށް މެޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ