މައްސަލަ ހައްލުވާން ދެ ދުވަސް ނަގާނެ، ލޯޑު ބޮޑުވެ ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް: ޝަރީފް

މާލެއިން މިއަދު ކަރަންޓު ކެނޑެން ދިމާވި ސަބަބު ހައްލު ކުރުމަށް އިތުރު ދެ ދުވަސް ނަގާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ރޭ ފަތިހު މާލެއިން ކަރަންޓު ކެނޑެން ދިމާވި ސަބަބާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ކުންފުނީގެ ކޭބަލްއަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. މައްސަލަ ތަފްސީލުކޮށް ދީ ޝަރީފް ވިދާޅުވީ، ކުންފުނީގެ ތިން ޕަވާރ ހައުސްއަކުން ހިދުމަތް ދެއިރު، އޭގެ ތެރެއިން އެއް އިންޖީނުގެ އެއީ ގާކޮށީގެ އިންޖީނުގެ ކަމަށެވެ. ނަމަވެސް އެއީ ކުންފުނިން ހިންގާ ތަނެއް ނޫންކަން ފާހަފަކޮށް ޝަރީފް ވިދާޅުވީ، ބާކީ ހުރި ދެ ޕަވާ ހައުސްއިން ޖުމްލަ 16 ފީޑާރ ނިކުންނަ ކަމަށެވެ.
ޝަރީފް ވިދާޅުވީ ވަޓްޒިލާ ޕަވާރ ހައުސްއިން 07 ފީޑަރ އިންނައިރު، ދިމާވި މައްސަލައެއްގައި ގެއްލުން ލިބުނީ 08 ވަނަ ފީޑަރަށް ކަމަށެވެ. އަދި ކަރަންޓު ކެނޑެން ދިމާވި ސަބަބަކީ އެއީކަމަށް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވި ފީޑަރަކީ އަމީނީ މަގުން، ގާކޮށި ކައިރީ ހުންނަ ސަބްސްޓޭޝަނަށް ދާ ކޭބަލެކެވެ. ކޮންމެ ފީޑަރަކުން ވެސް މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދެ އެވެ.
 
ވަގުތީ ގޮތުން މައްސަލަ ހައްލު ކުރީ، ޝަރީފް ވިދާޅުވި ގޮތުގައި ކަރަންޓު ދޭ ސަރަހައްދުތަކަށް ފީޑަރު ބަހާލައިގެންނެވެ. މީގެ ސަބަބުން ކަރަންޓު ލޯޑު ބޮޑުވެ، ބައެއް ސަރަހައްދުތަކުން ކައިރި ކައިރީ ކަރަންޓު ކެނޑުނެވެ. ޝަރީފް ވިދާޅުވީ މަސައްކަތް ހައްލު ކުރަން މަސައްކަތް ކުރާ ވަގުތު، ލޯޑު ބޮޑުވާ އިތުރު ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މެންދުރު ފަހުން އެ ފުރުސަތު ބޮޑުވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
އިތުރު ކޭބަލްއެއް އެޅުމަށް ކުންފުނިން ނިންމާފައިވާކަން ހާމަކޮށް ޝަަރީފް ވިދާޅުވީ، އެ މަސައްކަތަށް ދެ ދުވަސް ނަގާނެކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ