އައްޑޫ ސިޓީއާއި ހަތަރު ރަށެއްގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުރުމަށް މިއަދު ފޮނުވާލެވޭ ޕެނަލްތަކާ ގުޅިގެން އެރަށްރަށުގެ ކަރަންޓް އެފުށްމިފުށަން ޖެހިގެންދާނެކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލް ދެއްވައިފި އެވެ.
ފ. ބިލެއްދޫ، ތ. ދިޔަމިގިލި، ތ. ގާދިއްފުށި، ލ. މާމެންދޫ އަދި އައްޑޫ ސިޓީއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޕެނަލްތައް ފޮނުވާލުމުގެ ކުރިން މިއަދު މެންދުރުފަހު ޓީޖެޓީގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިމާލް ވިދާޅުވީ ފޮނުވާލެވެނީ އެއް މިލިއަނެއްހާ ރުފިޔާގެ އަގުހުރި މުދާ ކަމަށެވެ.
"އަތޮޅުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ފެނަކައިން މިކުރަނީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް. ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާގެ މުދާ އަތޮޅުތަކު ތެރޭގެ ރަށްރަށަށް މި ފޮނުވާލަނީ. މި ޕެނަލްތައް ލިބުމުގެ ސަބަބުން ރަށްރަށުގެ ކަރަންޓް އެފުށްމިފުށަށް ޖެހިގެންދާނެ އަންނާނެކަމުގެ ޔަގީންކަން އެރަށްރަށުގެ ރައްޔިތުންނަށް އަޅުގަޑު ދެން،" ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ މިއަދު ފޮނުވާލެވޭ ޕެނަލްތަކާގެ ސަބަބުން އެރަށްރަށުގައި އިތުރު ހިދުމަތްތަކެއް ތަރައްގީވެގެންދާނެކަމުގެ ޔަގީންކަން އޮތް ކަމަށާއި މިއަހަރު ފެނަކައިގެ އެންމެ ބޮޑު އަމާޒަކީ ރަށްރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކްތައް ރަނގަޅުކުރުމަށް ކަމަށެވެ.
"މިއަދު ފޮނުވާލެވޭ ޕެނަލްތަކާއި އަދި އެއާ ގުޅުންހުރި އެހެން އާލާތްތަކުގެ ސަބަބުން އެތަނުގެ ރައްޔިތުންނަށް ކުރިއަށްއޮތްތަނުގައި އިތުރު ހިދުމަތްތަކެއް ތަރައްގީވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް. ފާއިތުވެގެންދިޔަ އަހަރު އަޅުގަނޑުމެން 77 ޖެނެރޭޓަރު ސެޓު ރަށްރަށަށް ފޮނުވާލުމުގެ ރަސްމިއްޔާތު އެބައޮތް. އަޅުގަނޑުމެން މިއަހަރު ބޮޑަށް އަމާޒުކުރާނީ ރަށްރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ތަރައްގީކުރުމަށް،" ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ މިއަހަރުގެ ތެރޭގައި ފެނަކައިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެތެރޭގައި އަލަށް އާބާދުވާ ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
"އެގޮތްގޮތުން އަޅުގަނޑު ފާހަގަކޮށްލާނަން އަޅުގަނޑުމެންގެ ރީލޮކޭޝަނަށް އަލަށް އާބާދުވާ ސަރަހައްދުތަކަށް ކަރަންޓްލުމާއި އަދި އިންޖީނުގޭ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް އިންޖީނުގެ ސަބަބުން ސިއްހީ މައްސަލަތަކާ ކުރިމަތިވާތީ ގާތްގަނޑަކަށް 10 ވަރަކަށް ރަށުގައި މަސައްކަތްތަކެއް އަޅުގަނޑުމެން މިދަނީ ކުރެވެމުން. ކުރިއަށްމިއޮތް ގާތްގަނޑަކަށް ހަފްތާއެއް ނުވަތަ ދިހަވަރަކަށް ދުވަސްތެރޭގައި ތިން އިންޖީނުގެއެއްގެ ސޮއިކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީއާއި ހަތަރު ރަށެއްގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވާލެވޭ ޕެނަލްތައް ތިންދުވަހުގެ ތެރޭގައި އެރަށްރަށަށް ފޯރުކޮށްދެވޭނެކަމަށް ފެނެކައިން ލަފާކުރެއެވެ.
"މިއަދު ފޮނުވާލެވޭ ޕެނަލްތަކާއެކު އެރަށްރަށުގެ ކަރަންޓް އެފުށްމިފުށަން ޖެހިގެންދާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ