މި ރޯދަ މަހު ހަވީރު ކަމެއް ނެތި މަގުމައްޗަށް ފިނިބުރު ޖެހުމަށް ނިކުންނަ ފަރާތްތައް ޖޫރިމަނާ ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ރޯދަ މަހަކީ އަބަދުވެސް ހަވީރު ގަޑީ ގިނަބަޔަކު ފިނި ބުރު ޖަހަން ނުކުން ދުވަސްކޮޅެކެވެ. އެހެން ނަމަވެސް ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސިއްހީ މާހިރުން ދަނީ މަގުމައްޗަށް ގޮސް ނޫޅުމަށް ނަސޭހަތްތެރިވަމުންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ސިޓީގައި ހަވީރު ފިނި ބުރު ޖަހަން ނުކުންނަ ފަރާތްތައް ޖޫރިމަނާ ކުރުމަށް ނިންމާފައި ވަނީ، ކޯވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ އެބަލި އައްޑޫގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެގޮތުން ކައުންސިލުން ވަނީ މިބަލި ފެތުރުމަށް ޖާގަ ނުދިނުމަށް މިފަހަރު އެގޮތަށް ދުއްވާ ދުއްވުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެކަން ކުރާ ފަރާތްތަކުން 500ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފައެެވެ.
އައްޑޫގައިވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެ ސިޓީގެ ފިހާރަތައް ހަވީރު ބަންދު ކޮށް ޑެލިވަރީ ހިދުމަތްތައް ވަނީ ފަށަފައެވެ. އަދި އެ ރަށު ބޯކޮށާ ތަންތަން ބަންދު ކުރުމަށްވެސް ވަނީ އަންގާފައެވެ.
އައްޑޫގައި ހަވީރު ފިނިބުރު ޖަހާނަމަ ޖޫރިމަނާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ