ރާއްޖޭގައި ކެސިނޯ އަޅަން މަސައްކަތް ކުރަމުންދާތީ، ދީނީ އިލްމުވެރިޔާ އައްޝައިހް ޝަފީއު އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުއަށް ނަސޭހަތެއް ދެއްވައިފި އެވެ.
ޖާބިރު، ރާއްޖޭގައި ކެސިނޯ އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް އިޝާރާތް ކުރައްވައި، ޝަފީއު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތަނެއްގައި މުންކަރާތް ހިނގަމުން ދިއުމަކީ އެހެން މުންކަރާތްތައް ހިންގުމަށް ހުއްދަ ކުރާކަމެއް ނޫންކަމަށާއި އެއާ ހިލާފަށް ހުރިހާ މުންކަރާތެއްވެސް މަދުކޮށް އެއްކޮށް ނައްތާލުމަކީ ވާޖިބެއްކަމަށެވެ.
”މެމްބަރު ޖާބިރެވެ. ކެސިނޯ އެޅުމުގެ ޚިޔާލު ދީކޮށްލާށެވެ. ތަނެއްގައި މުންކަރާތް ހިނގަމުން ދިއުމަކީ އެހެން މުންކަރާތްތައް ހިނގުމަށް ހުއްދަ ކުރާކަމެއް ނޫނެވެ. އެއާ ހިލާފަށް ހުރިހާ މުންކަރާތެއްވެސް މަދުކޮށް އެއްކޮށް ނައްތާލުމަކީ ވާޖިބެކެވެ. މާތްﷲ އަށް ބިރުވެތިވާށެވެ.“ ޝައިހްގެ ޝަފީއުގެ ޓްވީޓުގައިވެއެވެ.މެމްބަރު ޖާބިރެވެ. ކެސީނޯ އެޅުމުގެ ޚިޔާލު ދޫކޮށްލާށެވެ.ތަނެއްގައި މުންކަރާތް ހިނގަމުން ދިޔުމަކީ އެހެން މުންކަރާތްތައް ހިނގުމަށް ހުއްދަ ކުރާ ކަމެއް ނޫނެވެ.އެއާ ޚިލާފަށް، ހުރިހާ މުންކަރާތެއްވެސް މަދުކޮށް، އެއްކޮށް ނައްތައިލުމަކީ ވާޖިބެކެވެ.މާތް ﷲ އަށް ބިރުވެތި ވާށެވެ.— Shafeeu Abdullah (@shafeeu26) July 10, 2019
ސޯޝަލް މީޑިއާގައި ވަރަށްބޮޑަށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝެއިހް ޝަފީއުއަކީ ސައޫދީއަރަބިއްޔާގެ މައްކާގައި މިވަގުތު މާސްޓާސް ހައްދަވަމުންގެންދަވާ ބޭފުޅެކެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާއި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތުއަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ޓޫރިޒަމް މިނިސްޓަރު ހާޒިރު ކުރައްވާ ބޭއްވި ބައްދަލުވުމުގައި ވެސް ޖާބިރު ވަނީ އަޑުގަދަކޮށް ވާހަކަ ދައްކަވާފަ އެވެ. އަދި އިއްޔެ ޖަލްސާގައި ނަން އިއްވުމަށްފަހު، ޖާބިރު ވަނީ މަޖިލީހުގެ ޖަލްސާއިން ނެރެފަ އެވެ. އަދި ކޮމެޓީގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާ އަޑުގަދަކޮށް، ޒުވާބު ކުރުމަށްފަހު، ޖާބިރު ވަނީ ކޮމެޓީ ދޫކުރައްވާ ވަޑައިގަންނަވާފަ އެވެ.
މެމްބަރު ޖާބިރަށް ޝެއިހް ޝަފީއު ނަސޭހަތެއް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ