އިންޓަ ސްކޫލް ބެޑްމިންޓަން: މޭނާ ސްކޫލް ބަލިކޮށް ބާއޭއީސީ ޗެމްޕިއަންކަން ހޯދައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމްސޯޅަވަނަ އިންޓަ ސްކޫލު
ބެޑްމިންޓަން މުބާރާތުގެ 14 އަހަރުންދަށުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ބ. އަތޮޅު
ތައުލީމީ މަރުކަޒުގެ ޓީމު ހޯދައިފި އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ބ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދީ މިއަދު ހެނދުނު ނ. ހޮޅުދޫ ބެޑްމިންޓަން ކޯޓްގައި ކުޅުނު ފައިނަލުގައި އެރަށު މޭނާ ސްކޫލް ޓީމުގެ މައްޗަށް ކުރިހޯދައިގެންނެވެ. ބ. އަތޮޅުތ ައުލީމީ މަރުކަޒުގެ ޓީމު ވަނީ މޭނާ ސްކޫލުގެ ޓީމު 3-1 ބަލިކޮށްފަ އެވެ.
ނޯތު ޒޯން އަދި ނޯތު ސެންޓަރަލް ޒޯނަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ 14 އަހަރުން ދަށުގެ ޓީމު އިވެންޓްގައި ދެން ވާދަކުރީ ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލެވެ.
މި މުބާރާތުގައި މިހާރުކުރިއަށްދާނީ އޯޕަން އިވެންޓްތަކުގެ މެޗުތަކެވެ. އޯޕަން އިވެންޓްތަކުގައިވެސް ތައުލީމީ މަރުކަޒުގެ ދަރިވަރުން ވާދަކުރެ އެވެ.
ތައުލީމީ މަރުކަޒުގެ ޓީމުން ހޯދި ކާމިޔާބީއަށް “އީޓީ” ން މަރުހަބާ ކިޔަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ