މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން "ވަގުތު" އިން ކުރިއަށް ގެންދިޔަ "ރައްޔިތުންގެ އަޑު"، ޚިޔާލު ހޯދުމުގެ ވޯޓުގެ، ގެމަނަފުށި ދާއިރާގެ ނަތީޖާ ދައްކާގޮތުން، އެ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ، ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓް ނަމްބަރ 1, އަލީ އާދިލް އެވެ.
އަލީ އާދިލް އަށް ، 356 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 43.31 އިންސައްތަ ވޯޓެވެ.
އާދިލް އާއި އެންމެ ކައިރިން ވާދަކުރައްވާ، އެމްޑީޕީ ކެންޑިޑޭޓު، އަހުމަދު ސައީދު އަށް ލިބިވަޑައިގަތީ 300 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 36.50 އިންސައްތަ ވޯޓެވެ.
މި އިންތިޚާބުގައި އެ ދާއިރާއަށް 4 ބޭފުޅުން ވާދަކުރައްވައެވެ.
ވަގުތު ޕޯލް: ގެމަނަފުށި ދާއިރާ - އެންމެ ގިނަ ވޯޓް ލިބުނީ ޖޭޕީގެ ކެންޑިޑޭޓް އަލީ އާދިލްއަށް، ވާދަކުރައްވަނީ އެމްޑީޕީ އަހުމަދު ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ