ލޭނު އަޅައިގެން މަސްވެރިކަން ކުރީ ޝައިނީއާ ގުޅުންހުރި ކުންފުނިތަކުން: މެމްބަރު ތޯރިގް
ލޭނު އަޅައިގެން މަސްވެރިކަން ކުރަން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ހުރިހާ ފައިދާތަކެއް ނަގަމުން ދިޔައީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ ގުޅުންހުރި ކުންފުނިތަކުން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ. އޮފްޝޯ ޕްލެޓް ފޯމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރާއި ގުޅޭގޮތުން މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ތާރިގު ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ދޫކޮށްފައިވާ ހުއްދަތައް ބާތިލްކޮށް، އަލުން އެ ހުއްދަ ނުދިނުމަށް ނިންމާފައި ވާތީ އެކަމަށް މަރުހަބާ ވިދާޅުވެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިންކަން ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާ އަަކަށް ވެފައި އޮތީ ކުރީގެ ފިޝަރީޒް މިނިސްޓަރާއި ގުޅުން އޮތް ކުންފުނިތަކުން މަސް އެކްސްޕޯޓް ކުރުމާއި އެ ކުންފުނިތަކުގެ ބޯޓް ތަކުން ލޭނު އަޅާ އަދި ހަމައެކަނި އެ ކުންފުނިތަކަށް މަސް ކިރުމުގެ ނަތީޖާއަކަށް ވަނީ އާއްމު މަސްވެރިން ކިއުގައި ދެ ދުވަސް ނުވަތަ ތިން ދުވަސް ވަންދެން ތިބެންޖެހުން ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ސަރުކާރުން މަސްވެރިންގެ ހައްގުގައި ކުރި ބުރަ މަސައްކަތްތަކުގެ އެދެވޭ ނަތީޖާތަކެއް ނުލިބުމުގައި ކުރީގެ ފިޝަރީޒް މިނިސްޓަރ ވަރަށް ބޮޑު ދައުރެއް ހިމެނޭކަން ތޯރިގް ފާހަގަކުރެއްވިއެވެ. މަސްވެރިކަމާ ގުޅޭ ގޮތުން ހެށަހެޅި ފަސް ގަރާރަކަށް ބަހުސް ކުރައްވަމުން ގެންދަވާއިރު އެކަމުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުރެދާނެ ކަމަށް ގަބޫލު ކުރަންޖެހޭ ކަމަށް ތޯރިގް ވިދާޅުވިއެވެ. ހުރިހާ މަސައްކަތްތަކަކީ ސިޔާސީ ވަކި މަންފާއެއް ހާސިލް ކުރުމަށްޓަކައި ނުވަތަ ރައްޔިތުންނަށް އެކަމުގައި އެއްވެސް މަންފާއެއް ލިބިދާނެ އެއްޗެއްތޯ ބަލަންޖެހޭ ކަަމަށް ތޯރިގް ވިދާޅުވިއެވެ. ގޭދޮށު މަސްފެކްޓްރީއަށް އިޝާރާތް ކުރައްވާ ތޯރިގް ވިދާޅުވީ އެމްޑިޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުން އެ ވިދާޅުވާ ގޮތަށް އެކަން ކުރެވިދާނެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން މަސްފެކްޓްރީތައް ހަދާފަ ހުރި ކުންފުނިތަކުން އަދިވެސް މަަސައްކަތް ކުރަނީ އެކަމުން އަރައިގަތުމަށް ކަމަށް ތޯރިގް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ދައުރުގައި މިފްކޯގެ މަސައްކަތްތައް ކުރިއަށްގެންދެވި ގޮތާ ދޭތެރޭ ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ މިފްކޯގައި ހުރި ފެކްޓްރީތަކުގެ ތެރެއިން ކޫއްޑޫ އަދި ފެލިވަރު ތަރައްގީ ކުރުމަށްޓަކައި ބޮޑެތި ހޭދަތަކެއް ކުރެއްވި ކަމަށް. އަބަދުވެސް މިފްކޯއަކީ ދައުލަތުން ޚަރަދުކޮށްގެން ހިންގާ ކުންފުޏެއްގެ ގޮތުގައި އަބަދުވެސް ވެފައިވާ ކަމަށްވެސް ތޯރިގް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުންނަ ރޯ މަސް ތައިލެންޑަގެ މާކެޓަށް ތައިލެންޑްގެ މީހުނަށް އޭގެއިން ނަފާވާ ގޮތަށް ދޫކޮށްލުމަކީ ދިވެހިންނަށް އޭގެއިން ފައިދާ ވާނެ ގޮތެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ވެލިއު އެޑެޑް ޕްރްޑަކްޓްތަކެއްގެ ގޮތުގައި ހަދައި އެ ޕްރްޑަކްޓްތައް ޔޫރަޕާއި އަދި އެހެނިހެން ގައުމުތަކަށް އެ އެކްސްޕޯޓު ކުރުމަކީ އޭގެ ނަފާ ހަގީގަތުގައިވެސް މަސްވެރިންނަށް ލިބޭ ގޮތެއް ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި ގޭދޮށު މަސްފެކްޓްރީގެ ވާހަކަތައް ދެއްކީމައި ހިތަށް ތަސައްވަރު ވެގެންދަނީ ހަތަރު ދުމަށްޓާއި ދެ ތިން ތާހެއް ކަމަށް ތޯރިގް ވިދާޅުވިއެވެ. އެގޮތުން ކާބަފައި ވަނީ އެ ފަދަ މަސްފެކްޓްރީތަކެއް ހަދައި އޭގެއިން ލޮނު މަހާއި ހިކި މަހުގެ ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކޮށްފައިވާނޭ ކަމަށްވެސް ތޯރިގް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަސްވެރިކަމަކީ މޫސުމީ ކަމެއް ކަމަށާއި އެހެންކަމުން މަސް ނުބާނާ މޫސުމުގައި ފެކްޓްރީ ތަކުގެ މީހުނަށް ވާނީ ގެއްލުން ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި އޮފްޝޯ ޕްލްޓު ފޯމުތަކަކީ ނުހެދޭނެ އެއްޗެއް ނޫންކަމަށް ވިދާޅުވެ ތޯރިގް ފާހަގަކުރެއްވީ މަސްވެރިކަމަށް ބިނާކޮށް ރާއްޖޭގައި ފަނަރަ ނުވަތަ ތިރީހަކަށް ޕްލްޓް ފޯމް އެޅުމަށް ރާއްޖޭގެ ސަރަހައްދުން ސަތޭކަ މޭލު ބޭރުން އަޅާ އިރު އެކަމަށް ހޭދަވާނެ ޚަރަދުތަކުގެ ހިސާބު ޖައްސަވާނީ ކިހިނެއްތޯ ކަމާއި ދިވެހި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްގެން އެ ވަރުގެ ޕްލެޓް ފޯމެއް ހެދިދާނެތޯ މި އީ މިކަމުގައި އުފެދޭ ސުވާލެއް ކަމަށް ތޯރިގް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ