މި އަހަރުގެ މޭ މަހުން ފެށިގެން ޓީޗަރުން ހިމެނޭހެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާކުރާ އެދުރުން ކަމަށާއި އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ރިޔާސީ ވަޢުދެއް ކަމަށެވެ.
އެހެންކަމުން، އަންނަ މޭމަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމަކާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއީ ޓީވަރުންގެ މުސާރައަށް ލިބޭނެ 56 ޕަރސެންޓްގެ ކުރިއެރުމެއް ކަމަށެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި އިތުރަށް ފާހަގަކުރެއްވި ކަންކަމަށް ބަލާއިރު، މިނިމަމް ވޭޖާއެކު މަސައްކަތްތެރިންނަށް ލިބުނު މުސާރައިގެ ކުރިއެރުން ފާހަގަކުރެއްވިއެވެ.
ރިޔާސީ ބަޔާނުގައި، ވިދާޅުވީ، ރަނގަޅު ބަދަލެއް އަންނަނީ ހެޔޮ ނިޔަތެއް އޮވެގެން ކަމަށެވެ.
ދިއްދޫ އަޙްމަދު ރަޝީދަކީ ޢާއިލާއާ މާދުރުގާ މެދުރާއްޖެތެރޭގެ ރިޒޯޓެއްގާ މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި ފާއިތުވި 16 އަހަރު އަސާސީ މުސާރައިގެ ގޮތުގާ އޭނާ ގެއަށް ގެންދަން އެންމެ ގިނަވެގެން ލިބުނީ މަހަކަށް 5,600 ރުފިޔާ ކަމަށް ވިދާޅުވެ، ރައީސް ވިދާޚުވީ، އެހެންނަމަވެސް މިނިމަމް ވޭޖްގެ ހެޔޮ ބަދަލާއެކު، 8,000 ރުފިޔާ މިހާރު އަސާސީ މުސާރައިގެ ގޮތުގައި އޭނާއަށް ލިބޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ރައްޔިތަކަށްވާ ކޮންމެ ރަނގަޅަކީ ޤައުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
މެއިމަހުން ފެށިގެން ޓީޗަރުން ހިމެނޭހެން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ