ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ބޭސްފަރުވާގެ "ފުލް ޙައްޤު" ލިބެން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމްގެ ޓްވީޓްގައި ވިދާޅުވީ ބޭސްފަރުވާގެ ޙައްޤު ލިބުން ލަސްވެ ފަސްވުމުން ިބޭ ހިތްދަތިކަން އޭނާ ތަޖުރިިބާ ކޮށްފިން ކަމަށެވެ. "އެހެން ގައިދީންނެކޭ އެއްފަދައިން ވީޕީ (ނައިބު ރައީސް) އަދީބަށް ބޭސްފަރުވާގެ ފުލް ޙައްޤު ލިބެން ޖެހޭ." ގާސިމް ވިދާޅުވިއެވެ. ނަމަވެސް ބޭސްފަރުވާ ކުރުމުގެ "ފުލް ޙައްޤަކީ" ކޮބައިކަން ގާސިމް ވިދާޅުވެދެއްވާފައެއް ނުވެއެވެ.
ގާސިމް ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ބޭސްފަރުވާއަށް ހުރަސް އެޅުމަށް ޤާނޫނު އަސާސީ ހުއްދަނުކުރާ ކަމަށެވެ.
އަދީބަށް ބޭސްފަރުވާ ކުރުމުގެ ޙައްޤު ލިބެން ޖެހޭ ކަމަށް ގާސިމް ވިދާޅުވެފައި މިވަނީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުން އެދި އަދީބު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުން އެދިފައި ވަނިކޮށެވެ.
އަދީބަށް ބޭސްފަރުވާ ކުރުމުގެ ހައްޤު ލިބެން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއިރު ގާސިމްގެ މައްޗަށް ތިން އަހަރުގެ ޖަލު ޙުކުމެއް އައުމުން އޭނާ ވެސް ވަނީ އާލާސްކަންފުޅާއި އުޅުއްވާ ކަމަށް ވިދާޅުވެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. ގާސިމް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދެއްވި ނަމަވެސް އޭނާ މިހާރު ހުންނެވީ ސަރުކާރުގެ ހުއްދައެއް ހޯދުމެއް ނެތި ޖަރުމަންވިލާތައް ވަޑައިގެން އެގައުމުގައެވެ.
އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުލް ޙައްޤު ލިބެން ޖެހޭ – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ