ޑަބްލިއުއެޗްއޯގެ ޓީ.ބީ ކޮންފަރެންސްގައި ބައިވެރިވުމަށް ހެލްތްމިނިސްޓަރ އަބްދުﷲ ނާޒިމް މޮސްކޯއަށް ފުރާވަޑައިގެންފި
ޑަބްލިއުއެޗްއޯގެ ޓީ.ބީ ކޮންފަރެންސްގައި ބައިވެރިވުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ހެލްތްމިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދިވެހިރާއްޖެއަކީ އެންމެ ކުރިންސުރެންފެށިގެންވެސް ޓީ.ބީ ނައްތާލުމަށް މަސައްކަތްތަކެއްކޮށް ބޮޑެތި ކާބިޔާބީ ތަކެއް ހާސިލް ކޮށްފައިވާ ޤައުމެއްކަމަށެވެ. އެހެންކަމުން ރާއްޖެއިން ޓީ.ބީ ނައްތާލުމަށް ޑަބްލިއުއެޗްއޯގެ ފަންނީ ލަފަޔާއެކު ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މި ބައްދަލުވުމުގެ ތެރޭގައި ދިވެހިރާއްޖެއިން ޓީ.ބީ ނައްތާލުމަށް ކުރަމުންގެންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާ ޖަމްޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރާނެ ކަމަށާ، މިކަމަށް ބޭނުންވާ ފައިނެންޝިއަލް ސަޕޯޓް ހޯދުމަށްވެސް އެކިއެކި ބޭފުޅުންނާ މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ޑަބްލިއުއެޗްއޯއިން 2030 ގެ ކުރިން ޓީ.ބީ ނައްތާލުމަށް އަމާޒު ހިފިޔަސް، ދިވެހިރާއްޖެއިން އަމާޒުހިފާފައިވަނީ 2020 ގެ ކުރިން މި ޤައުމުން ޓީ.ބީ ނައްތާލެވޭތޯ ކަމަށް. އެގޮތުން މި އަމާޒަށް ވާސިލް ވުމަށް މި ބައްދަލުވުމުގެ ސަބަބުން ބޮޑެތި އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިވަގުތު މިމައްސަލާގައި ރާއްޖެއަށްއޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަވަށްޓެރި ޤައުމުތަކުން މަސައްކަތު މީހުންގެގޮތުގައި އަންނަ މީހުންގެ ހެލްތްގެ މައްސަލަތައް ކަމަށެވެ. އަދި ޓާގެޓްތައް ކަނޑައަލައިގެން މަސައްކަތް ކުރުމުން 2020 ގެ ކުރިން ރާއްޖެއިން ޓީ.ބީ ނައްތާލުމަށް ހިތްވަރެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިބައްދަލުވުން މުހިއްމުވެގެންދާ ސަބަބަކީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އާއި އެކި ރީޖަނަލްތަކުގެ ރީޖަނަލް ޑައިރެކްޓަރސްގެ އިތުރުން ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕޫޓިންގ މިބައްދަލުމަށް ވަޑައިގެން ބައްދަލުވުން އިފްތިތާހް ކޮށްދެއްވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިއީ ޑަބްލިއުއެޗްއޯއިން ރާވަމުންގެންދާ ދުނިޔެއިން ޓީ.ބީ ނައްތާއަލުމަށް ކުރެވޭ މަޝްވަރާތަކުގެ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި 70 އަށްވުރެން ގިނަ ޤައުމުތަކުގެ ހެލްތް މިނިސްޓަރުންނާ އަދި ސަތޭކައަށްވުރެން ގިނަ ޤައުމުތަކުގެ މަންދޫބުން ބައިވެރިވާނެކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި މަޝްވަރާ ބައްދަލުވުން ކުރިއަށްދާނީ ރަޝިޔާގެ މޮސްކޯގައި މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ