މި އަހަރު ވެސް ރޯދަ މަހުގެ ރޭތައް އިހުޔާކުރުމުގެ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެފި އެވެ.
މައުމޫން ފައުންޑޭޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ބުދަ ދުވަހެއްގެ ރޭގަނޑު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އެއީ ޖުލައި މަހުގެ 10، 17، 24، އަދި 31 ވަނަ ދުވަހުގެ ރޭތައް ކަމަށް ވެސް އެ ފައުންޑޭޝަނުންް ބުންޏެވެ.
މައުމޫން ފައުންޑޭޝަނުން ހިންގާ ޕްރޮގްރާމްގައި ކުރިއަށް ދާނީ ގްރުއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެކެވެ.
މިރޭ މިޕްރޮގްރާމްގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މިރޭގެ ޖަލްސާގައި މައުމޫން ފައުންޑޭޝަންގެ ޗެއާމަން މައުމޫން އަބްދުލް ގައްޔޫމް އަދި ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމް ވާހަކަފުޅު ދައްކަވާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
މިރޭގެ ޖަލްސާގައި މައުމޫން ވާހަކަދައްކަވާނީ "ތަގުވާވެރިކަމުގެ ބައެއް މިސާލު" މިމައުލޫއަށް ކަމަށާއި ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމް ވާހަކަފުޅު ދައްކަވާނީ "ސޫރަތުލް ހުޖުރާތުގައިވާ އިރުޝާދުތަކާ އެކީގައި ވަގުތުކޮޅެއް" މިމައުލޫގެ މައްޗަށް ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެ އެވެ. މިރޭގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 10 ޖަހާއިރު އެވެ.
ރޯދަ މަހަށް ހާއްސަ ޕްރޮގްރާމެއް މި އަހަރު ވެސް މައުމޫން ފައުންޑޭޝަނުން ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ