ބީއެމްއެލްގެ ލުއި ލޯނެއް ނަގައިގެން، ލޯނަށް ދައްކާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސްގެ ލުއި އެކްސްޕްރެސް ލޯނު އަދި ލުއި ޕްރޮފެޝަނަލް ލޯނު ނަގައިގެން ލޯނަށް ދައްކާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.ބީއެމްއެލްއިން ބުނީ އޭޕްރިލް މަހުގެ ތެރޭގައި އެ ބޭންކުގެ ލުއި އެކްސްޕްރެސް އަދި ލުއި ޕްރޮފެޝަނަލް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް، ލޯނަށް ދައްކާ ފައިސާ އަނބުރާ ލިބިގެންދާނެ ކަމަށެވެ.ބީއެމްއެލްގެ ލުއި އެކްސްޕްރެސް އަދި ލުއި ޕްރޮފެޝަނަލް ލޯނުތަކަކީ އެއްވެސް ރަހުނެއް ބެހެއްޓުމަކާއި ނުލައި، ލޯނަށް އެދި ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި ޕްރޮސެސް ކުރެވޭ ލޯނެކެވެ.މީގެ ތެރެއިން ލުއި އެކްސްޕްރެސްގެ ދަށުން 20،000 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއާއި ހަމައަށް ފައިސާ ނެގޭއިރު، ލުއި ޕްރޮފެޝަނަލްގެ ދަށުން 50،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާއި ހަމައަށް ފައިސާ ނެގޭނެއެވެ.މި ދެ ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަކީ ފާއިތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ވަޒީފާ އަދާކޮށްފައިވާ، އަދި މަހު މުސާރަ ބީއެމްއެލްގެ އެކައުންޓަށް ޖަމާވެފައިވާ ފަރާތްތަކަށް ވާން ޖެހޭނެއެވެ. އަދި ލުއި އެކްސްޕްރެސްއަށް އެދި ހުށަހަޅާ ފަރާތްތަކަށް މަހު މުސާރައިގެ ގޮތުގައި މަދުވެގެން 4،000 ހާސް ރުފިޔާ އަދި ލުއި ޕްރޮފެޝަނަލްއަށް އެހި ހުށަހަޅާ ފަރާތްތަކަށް މަހު މުސާރައިގެ ގޮތުގައި މަދުވެގެން 10،000 ހާސް ރުފިޔާ ލިބެން ޖެހޭނެއެވެ.ރަހުނަކާ ނުލައި ބީއެމްއެލްގެ ލުއި އެކްސްޕްރެސް ލޯނު ނަގާއިރު އިންޓްރެސްޓް ރޭޓުގެ ގޮތުގައި 18 އިންސައްތަ ކަނޑައަޅާފައިވާއިރު، ލުއި ޕްރޮފެޝަނަލްގެ އިންޓްރެސްޓް ރޭޓަކީ 15 އިންސައްތައެވެ. އަދި ރަހުނެއް ބެހެއްޓުމަށްފަހު ލޯނު ނަގާނަމަ، މި ދެ ލޯނުގެ ވެސް އިންޓްރެސްޓް ރޭޓަކީ 11.75 އިންސައްތައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ