މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް ފަށައިފި


މިއަދު ފެށި މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގެ ފުރަތަމަ މެޗް މަޖީދިއްޔާ ސްކޫލް ކާމިޔާބުކޮށްފިއެވެ.
 
މުޙްޔިއްދީން ސްކޫލާ ވާދަކޮށް މަޖީދިއްޔާ މެޗް ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ފަންސަވީސް ސޯޅަ، ސައްބީސް ސައްވީހުންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ މަޖީދިއްޔާގެ އާދަމް ނައުޝަލްއެވެ.
 
މިއުމުރުފުރާގެ އަންހެން ކުދިންގެ ބައިގެ ފުރަތަމަ މެޗް ހިރިޔާ ސްކޫލާ ވާދަކޮށް ދެސެޓް އެއްސެޓުން ކާމިޔާބުކުރީ މުޙްޔިއްދީން ސްކޫލެވެ. ފުރަތަމަ ސެޓް ފަންސަވީސް ސާދައިން ގެންދިޔައީ މުޙްޔިއްދީން ސްކޫލެވެ. ދެވަނަ ސެޓް ސައްބީސް ސައްވީހުން ގެންދިޔައީ ހިރިޔާ ސްކޫލެވެ. އަދި ފަހު ސެޓް ފަސޭހަކަމާއެކު ފަނަރަ ހަތަކުން ގެންދިޔައީ މުޙްޔިއްދީން ސްކޫލެވެ. މިމެޗް މޮޅު ކުޅުންތެރިއަކީ ހިރިޔާ ސްކޫލްގެ ރައުޝަން ރަޝާދެވެ.
 
މިއުމުރުފުރާގެ އަންހެންކުދިންގެ ބައިގެ ދެވަނަ މެޗް ގަލޮޅު މަދަރުސާއާ ވާދަކޮށް ސީދާ ދެސެޓުން ކާމިޔާބުކުރީ ކަލާފާނު ސްކޫލެވެ. އެއީ ފަންސަވީސް އެކާވީސް އަދި ފަންސަވީސް ތޭވީހުންނެވެ. މިތިންމްޗްގެ އިތުރުން މިމުބާރާތުގެ މިއަދުވަނީ އިތުރު ދެމެޗް ކުޅެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ