އަލީ އުމަރު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި


ރާއްޖޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ އުމަރު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.
 
ކްލަބް ވެލެންސިޔާއިން ވިދާލުމަށްފަހު ވީބީއާއި ނިއުރޭޑިއަންޓްގައި ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައިވާ އަލީ އުމަރު ކުޅުން ހުއްޓާލިކަން އިއުލާންކުރީ ފާއިތުވި ސީޒަންގައި ނިއުރޭޑިއަންޓާއެކު ހުރިހާ ކާމިޔާބީއެއް ހޯދުމަށްފަހު ރޭ އޮތް ނިއުރޭޑިއަންޓް ނައިޓްގައެވެ. އަލީ އުމަރަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އޭނާ ވަނީ ޤައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕްގެ ރަންމެޑަލް ހޯދާފައެވެ. އަދި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ހަވީރުގެ ރަންބޫޓްވެސް މީގެކުރިން އޭނާ ވަނީ ހޯދާފައެވެ.
 
މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓް ހޯދި ބޮޑު ކާމިޔާބީގައިވެސް އަލީ އުމަރު ވަނީ މުޙިންމު ދައުރެއް އަދާކޮށްފައެވެ.
 
ވޭތުވެދިޔަ ސީޒަނުގައި ނިއުރޭޑިއަންޓުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސްވެސް އޭނާ ވަނީ ހިމެނިފައެވެ.
 
އަލީ އުމަރުގެ ފުޓްބޯޅަ ކެރިއަރު ފެށީ ޔޫތް ސްޕޯރޓްސް ކްލަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ