ޕްރޮގްރެސިވް ކޮންގްރެސްގެ ލީޑާޝިޕަކީ ރައީސް ޔާމީނަށް އިހްލާސްތެރި ލީޑާޝިޕެއް: މެމްބަރު ހުސެއިން

ޕްރޮގްރެސިވް ކޮންގްރެސްގެ ލީޑާޝިޕަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިޚްލާސްތެރި ލީޑާޝިޕެއް ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީދު ވިދާޅުވެއްޖެއެވެ.ޕީޕީއެމް ޕީއެންސީއިން ލ.އަތޮޅު ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ހުސެއިން ވިދާޅުވީ، މިއަދުގެ ސަރުޚާރުން ގެންދަވަނީ އިދކޮޅުގައި އޮތް ލީޑަޝިޕު ބަލިކަށި ކޮށްލާ ބައިބައިކޮށްލުމުގެ މަކަރުވެރި ރޭވުންތަކެއް ރާވަމުން ކަމަށެވެ. ނަމަވެސް އެކަން އެމީހުންނަށް ކާމިޔާބު ނުވާނެ ކަމަސް ވަިދާޅުވަމުން އޭނާ ވިދާޅުވީ ޕީޕީއެމް ޕީޢެންސީގެ ލީޑާޝިޕަކީ ރައީސް ޔާމީނަށް ވަރަސް އިޚްލާސްތެރި ލީޑަޝިޕެއް ކަމަށެވެ.ހުސެއިން އިތުރަށް ވިދާޅުވީ ލޯކަލް ކައުްނސިލު އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރުމަށް ޕީޕީއެމް ޕީޢެންސީގެ ސަފުތައް ރުކުރުވާލާ އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށާ ރައީސް ޔާމީން މި ޤައުމަށް ގެނެސްދެއްވަން ނިންމެވި ދުރުރާސްތާ ތަރައްގީގެ ޕްލޭން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ އޭރުން ކަމަށެވެ.އަދި ރައީސް ޔާމިންއަކީ މިޤައުމުގެ ކުރިމަގާމެދު ވަރަށް ވިސްނަވާ ބޭފުޅެއް ކަމަށާ އެމަނިކުފާނު މިގައުމާ މެދު ދެކެވަޑައިގަންނަވާ އަދި ގެންނެވި ހުވަފެންތައް ހަގީގަތަކަށް ހަދަން މިއަދު ދިވެހި ރައްޔިތުންގެ އެހީ ބޭނުންވާ ކަމަށެވެ.ލޯކަލް ކައުންސިލް އިންތާޚާބާ ދިމާކޮށް އިދިކޮޅުން އަތޮޅުތަކަށް ދަތުރުތައް ފަށާފައިވާއިރު، އެ ބޭފުޅުން ގެންދަވަނީ ރައީސް ޔާމިންގެ ލަފާފުޅާއެކު ޕީއެންސީގެ ރައީސް އަބްދުއްރަހީމުގެ މޭސްތުިރިކަމުގައި އެ އިންތިޚާބު ކާމިޔާބު ކުރުމަސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ