ފަތުރުވެރިކަމުގެ ދާއިރާގެ ކޯސްތަކަށް އެވިޑް ކޮލެޖުން ހުޅުވާލައިފި

ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްކޯހަށް ވަނުމުގެ ފުރުޞަތު އެވިޑް ކޮލެޖުން ހުޅުވާލައިފި އެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލު ކުރާ މި ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލޫ މިއަދުން ފެށިގެން އަންނަ މަހު 20 އަށެވެ. ކޯހުގައި ބައިވެރިވުމަށްޓަކައި މިހާރުން ފެށިގެން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެވިޑް ކޮލެޖުުން ބުނެއެވެ. އެގޮތުން ގްރޭޑް 10 ނިންމާފައިވާ ކޮންމެ ދަރިވަރަކަށްވެސް މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ކޯހުގެ މުއްދަތަކީ ހަތަރު މަސް ދުވަހެވެ. މިކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޓުއަރިޒަމްދާއިރާއާއި ބެހޭ މުހިންމު މައުލޫމާތު ދިނުމާއި ، ހައުސްކީޕިންގެ ކަންކަން ހިންގާނެގޮތާއި، ފްރޮންޓް އޮފީހުގެ މަސައްކަތް ރޭވުމާއި ހިންގުން، ފުޑް އެންޑް ބެވަރޭޖަސްގެ މުހިންމުބައިތަކާއި، ކާތަކެތީގެ ސާފުކަމާ ރައްކާތެރިކަމާބެހޭގޮތުން މައުލޫމާތުދީ ކިޔަވައިދެވޭނެއެވެ. އަދި މީގެ އިތުރުން އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި ކޯހުގެ ބައިވެރިން ފީލްޑްގައި މަސައްކަތްކުރުންވެސް ހިމަނާފައިވެއެވެ. އެވިޑް ކޮލެޖުން ބުނި ގޮތުގައި، ފަސް އިންސްޓޯލްމަންޓަކަށް ބަހާލައިގެން މަހަކު 888 ރުފިޔާ ދެއްކޭގޮތަށް ކޯހުގެ ފީ ވަނީ ބަހާލައިފަ އެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު، އެވިޑް ކޮލެޖްގެ 7803228 ނަމްބަރަށް ގުޅުމުން ލިބޭނެ އެވެ. އެވިޑް ކޮލެޖަކީ ރާއްޖޭގައި އަގުހެޔޮކޮށް މަތީ ތައުލީމު ފޯރުކޮށްދެއްވަމުންގެންދަވާ އަމިއްލަ އެންމެބޮޑު އެއް ކޮލެޖެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ