މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާރޓް ނެރެފި

މޫސުން ގޯސްވެ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާރޓް ނެރެފިއެވެ. 
މޯލްޑިވްސް މީޓިއޮރޮލޮޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 11:00 އިން ހަވީރު 16:00 އަށް އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުންވެސް އެކަށީގެންވެއެވެ.
މެޓް އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަަވާނެކަމަށްވެސް މެޓް އޮފީހުންވަނީ ބުނެފައެވެ.
މީގެއިތުރުންވެސް، ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާާނެކަމަށް މެޓް އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް މެޓް އޮފީހުން ލަފާ ކުރަނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުއެވެ.
މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ