ހެނބަދޫ ބަނދަރު ތަރައްގީކޮށް ނިންމާލައިފި

ނ. ހެނބަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެއްކޮށް ނިންމާލައިފިއެވެ. އެމްޓީސީސީން ބުނީ އެރަށުގެ ބަނދަރު ނިންމާލީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކޮށް މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ 23 ޖޫން 2019 ގައެވެ. އަދި މަޝްރޫއު މޮބިލައިޒްކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން، 44،615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 259 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 173 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހު މާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޯންސް ޖެހުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި ރޮކް އޭޕްރަން ހަރުކުރުމާއި، 1015 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ