ޑޮލަރު ހޯދާ ދޭނެކަމަށް ބުނެ ފައިސާ ތަކެއް ނަގާދައިވާ މީހަކު ހޯދަން ފުލުން އިޢުލާން ކޮށްފި

ޑޮލަރު ހޯދާ ދޭނެކަމަށް ބުނެ ފައިސާ ތަކެއް ނަގާދައިވާ މީހަކު ހޯދަން ފުލުން އިޢުލާން ކޮށްފިއެވެ.
 
 މީހާއަކީ 2021 އޭޕްރީލް 26 ވަނަ ދުވަހުގެ ވަގުތެއްގައި ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ. ވީމާ މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން އެދިފައިވެއެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485538 އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ