ނޭޓޯއަށް އެންމެ ރަނގަޅު ވާނީ މެމްބަރު ގައުމުތައް އިސްލާހުކުރުން

ނޭޓޯއަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީ މެމްބަރު ގައުމުތަކާ މެދު ފިކުރު ކުރުން ކަމަށާއި އިސްލާހު ކުރަން ޖެހިފައިވާ ބަޔައީ އެއީ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަހަރޯފާ ވިދާޅުވީ ނޭޓޯގައި ހުރި މައްސަލަތައް ހައްލު ކުރަން ކުރާ މަސައްކަތްތައް ކާމިޔާބު ވެއްޖެ ނަމަ އެއީ ރަޝިއާއަށް ވެސް ރަނގަޅު ދަރުހަކަށް ވާނެ ކަމަށެވެ.
"ކޮންމެ ބަޔަކަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެބައެއްގައި ހުރި ޖާހިލު ކަމަކުން އެހެން މީހުން ރައްކާތެރި ކުރުން،" ޒަކަރޯފާ ވިދާޅުވި އެވެ. "ނޭޓޯއަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ހުރި ނުކުޅެދުންތެރިކަށް އެހެން މީހުންނަށް ނިސްބަތް ނުކުރުން" ތަރުޖަމާން ވިދާޅުވީ ނޭޓޯއިން ޖަހާހާ ބެރަކަށް ރަޝިއާ ނުނަށާނެ ކަމަށެވެ.
ރަޝިއާއިން މި މޭރުމުން ވާހަކަ ދެއްކީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯޓެންބާގް ނޫސް ކޮންފަރެންސެއްގައި ރަޝިއާއަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ.
ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުން ރަޝިއާގެ ނިޔަތަކީ އަވައްޓެރި ގައުމުތަކުގެ މަސްލަހަތު ގެއްލުވާލުމެވެ. އަދި ސަރަހައްދުގައި އަސްކަރީ ގަދަ ބާރަކަށް ވުމެވެ. އޭނާ ވިދާޅުވީ ސުލްހަވެރި ޚިޔާލުފާޅު ކުރުންތަކަށް ރަޝިއާ ހުރަސް އަޅާ ކަމަށާއި ސިޔާސީ ގޮތުން ފިކުރާ ނުވެއްޖެ ނަމަ ރަޝިއާއިން ދެކޭ އެންމެ ރަނގަޅު ގޮތަކީ އެބަޔަކު ހައްޔަރު ކުރުން ކަމަށެވެ.
ނޭޓޯ މެމްބަރު ގައުމުތަކުން ލާއިންސާނީ އަމަލުުތައް ހިންގަމުން ދާއިރު އަދި ދީނީ މިނިވަންކަމަށް ހުރަސްއަޅަމުން ދާއިރު އެއިން ކަމަކާ ކަންބޮޑު ނުވަނީ ކީއްވެތޯ ރައިޝިއާއިން ސުވާލު ކުރެ އެވެ. ރަޝިއާއިން ބުނީ އެގައުމުގެ ދާޚިލީ ކަންތައްތަކާ ބެހުމަކުން ނޭޓޯއަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި ރިހުން ގަދަވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ