އެމާ ވަޓްސަން އެންގޭޖްވީތަ؟
ހެރީ ޕޮޓާ ސީރީޒްތަކުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ބަތަލާ އެމާ ވަޓްސަން 30، އެންގޭޖްވެއްޖެ ކަމަށް ޚަބަރުތައް ބުނެފި އެވެ. އެމާ އެންގޭޖްވި ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ އޭނާގެ ލޯބިވެރިޔާ ލިއޯ ރޮބިންޓަން އާއެކު ހުއްޓާ އާންމުވި ފޮޓޯތަކާ ގުޅިގެންނެވެ. އެ ފޮޓޯތަކުގައި އެމާގެ ވައަތުގެ ކަށި އިނގިލީގައި އަނގޮޓިއެއް އަޅާފައި އޮތްތަން ފެނުމުންނެވެ. ދެމީހުން އެންގޭޖްވިކަމަށް ވާހަކަދެކެވެން ފެށުނު ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެމީހުން އެންގޭޖްވި ވާހަކަ ބުނެފައެއް ނުވެ އެވެ. ޚުދު އެމާ ވެސް އެވާހަކަ އަދި ދޮގުކޮށްފައެއްނުވެ އެވެ. ލިއޯ އަކީ ލޮސް އޭންޖަލަސްގެ ވިޔަފާރިވެރިއެކެވެ. https://twitter.com/bestgug/status/1358211836894613505 ޒުވާން ބަތަލާ އާ ލިއޯ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެމާ އަކީ އޭނާގެ އަމިއްލަ ދިރިއުޅުން މީޑީއާތަކަށް ވަރަށް ސިއްރުކޮށްގެން އުޅޭ އެކްޓަރެކެވެ. އޭނާ ކުޅެފައިވާ ބައެއް ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ދިސް އިޒް ދަ އެންޑް"، "ދަ ސާކަލް" އަދި "ބިއުޓީ އެންޑް ދަ ބީސްޓް" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ