ނާޒިމަކީ އަހަރަމެން އެންމެން އިތުބާރު ކުރާ ބަތަލެއް: އުމަރު

ޑިފެންސް މިނިސްްޓަރު މުހައްމަދު ނާޒިމަކީ އެންމެންވެސް އިތުބާރުކުރާ ބަތަލެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވެފައިވަނީ ދެންމެ މިނިސްޓަރު ނާޒިމް ޓެގް ކުރައްވާފައި ކުރެއްވި ޓްވީޓެއްގައި އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއާޕާސަންވެސް މިއަދު ވަނީ މިނިސްޓަރު ނާޒިމްއަށް ތައުރީފު ކުރައްވާފައި އެވެ. އެގޮތުން އަލީ ވަހީދު ވިދާޅުވެފައިވަނީ މިނިިސްޓަރު ނާޒިމަކީ އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުން މިއަދު މިނިސްޓަރު ނާޒިމްއަށް ތައުރީފުކުރައްވާފައި ވާއިރު މިނިސްޓަރުގެ އެޕާޓްމަންޓް ރޭ ދަންވަރު ވަނީ ބަލައި ފާސްކޮށްފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ