ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވިޕްލައިނާ ހިލާފުވެއްޖެ ނަމަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން ސަރުކާރުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާނެކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ދުސްތޫރީ މައްސަލައެއް އެ ކޯޓުން މިއަދު ބަލަން ތާވަލްކޮށްފި އެވެ.
އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ކޯޓަކުން ނުބުނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށްވާ އަލީ ހަމީދު މިދިއަ ހުކުރުދުވަހުން ފެށިގެން އޮތީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ. ގާނޫނު ބުނާ ގޮތުން ދުސްތޫރީ މައްސަލަތައް ބެލޭނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ. އެކަމަކު ގާނޫނީ ގޮތުން ހުސް ކަމަކަށް ގައުމު ވެއްޓޭ ހާލަތެއްގައި، އެނޫން ގޮތަކަށް އަމަލްކުރެވިދާނެ ފުރުސަތު ލިބޭ ކަމަށްވެ އެވެ.
އެނގިފައިވާ ގޮތުގައި މިއަދުގެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ސަރުކާރުގެ ފަރާތުން މައްސަލަ ހުށަހަޅަނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ފަަރާތުން ނަމަވެސް، މި މައްސަލާގައި ޕީޖީން ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
މިއަދުގެ މައްސަލަ ބަލަނީ ނިސްބަތްވާ ފަރާތެއް ނެތި އެވެ.
ދުސްތޫރީ ކުއްލި މައްސަލައެއް ސުޕްރީމް ކޯޓުން މިއަދު ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ