2018 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ޕީޕީއެމްގައި ރިޔާސީ ޕްރައިމަރީ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރީކޯ މޫސަ ޕީޕީއެމްއަށް ސޮއި ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ ޕީޕީއެމްގައި ރިޔާސީ ޕްރައިމަރީ އޮންނާނެ ޕީޕީއެމްއަށާއި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މޫސައަށް މަރުހަބާ ދަންނަވާ ކަމުގައެވެ.
ރައީސް ޔާމީން މިމޭރުމުން ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަމަށް މިރޭ މޫސަ ވިދާޅުވުމުން އެކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އޮންނާނެކަމަށް ރައީސް ވިދާޅުވިއިރު ޕީޕީއެމްގެ އެތެރޭގައި މައްސަލަތައް އުފެދި ޕާޓީ ދެބައިވެގެން ދިޔައީސް ޕްރައިމަރީއަކާއި ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހޯއްދަވައި ދެއްވުމަށް ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުން ޕީޕީއެމްގެ ތެރެއިން މަސައްކަތް ކުރައްވަން ފެއްޓެވުމުންނެވެ.
2018 ގައި ޕީޕީއެމް ރިޔާސީ ޕްރައިމަރީ އޮންނާނެ: ރައީސް ޔާމީނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ