މައިލޯ އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އަހުމަދިއްޔާ ހޯދީ މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އިސްކަންދަރު ސްކޫލް އަތުން ފަސޭހަކަމާއެކު 5-0 އިން މޮޅުވެގެންނެވެ.
މި މެޗުގެ ފުރަތަމަ މިނެޓުގައި އަހުމަދިއްޔާ އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިމްހާނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޔޫސުފް ސައިދާން އަލީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިންއިރު، 12 ވަނަ މިނެޓުގައި މުހައްމަދު ރިމްހާން ވަނީ އަހުމަދިއްޔާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި 26 ވަނަ މިނެޓުގައި މޫސާ މާހިލް މިގްދާދް އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިންއިރު، އަހުމަދިއްޔާގެ ފަސްވަނަ ގޯލް މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީފެވެ.
މިއަހަރުގެ އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި 12 ސްކޫލަކުން ވާދަކުރިއިރު، އަތޮޅުތެރޭގެ ސްކޫލެއް ކަމަށްވާ އއ. ތޮއްޑޫ ސްކޫލުން ވެސް ވަނީ މުބާރާތުގައި ވާދަކޮށްފައެވެ. މުބާރާތް ކުރިއަށްދިޔައީ 3 ގްރޫޕަކަށް ބަހާލައިގެންނެވެ.
އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ