ސިޔާސީ ގޮތުން އިސްލާހީ އެކި މަސައްކަތްތަކުގައި ވަރަށް ބޮޑެތި ރިސްކުތަކެއް ނަންގަވައިގެން މަސައްކަތްޕުޅު ކުރެއްވިއްޖެ ކަމަށާއި އެހެންކަމުން މިއަދު ބަޔަކު ދައްކާލާ ދޮންދަގަނޑަކުން އަދި ކޯޓުގައި ޖަހާލާ މުގުރަކުން އަޒުމް ގުޑުވައިނުލެވޭނެ ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
"1980 އިން ފެށިގެން އަޅުގަނޑު މި އަންނަނީ ސިޔާސީ ގޮތުން އިސްލާހީ މަސައްކަތްތައް އެ ވިސްނުން އޭރު އޮތް މިންވަރަކުން ކުރަމުން. އަޅުގަނޑަކީ އޭގެ ތެރެއިން ކޮން ވަނައެއްގައި ހިމެނޭ މީހަކުކަން އަޅުގަނޑަށް ނޭނގުނަސް، އެ މަސައްކަތުގައި އަޅުގަނޑަކީ ވަރަށް ބޮޑެތި ރިސްކުތަކެއް ނަގައިގެން މަސައްކަތް ކުރި މީހެއް، އެހެންވެ މިހާރު އެހެން ދައްކާލާ ދޮންދަގަނޑަކުން. އެހެން ޔުނީފޯމް އަޅައިގެން އަންނަ މީހެއްގެ ސަބަބުން، ކޯޓަކުން ޖަހާ މުގުރަކުން އަޅުގަނޑުގެ އަޒުމެއް ނުގުޑާނެ."ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އެއްމެ ފުރަތަމަ ސޮއިކުރެއްވި މީހުންގެ ތެރޭގައި އޭނާ ހިމެނި ވަޑައިގެންނެވި ކަމަށާއި އޭރު ޕާޓީ އުފައްދަން ސޮއި ކުރި މީހުންގެ އަދަދަކީ 42 މީހުން ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާ އަދަދަކަށް ވެސް އެންމެ ފަހުން މި ހަމަޖެއްސި ބަދަލަކީ 42 މެމްބަރުންގެ ވޯޓެވެ. އެހެންވެ 42 އެއީ ރާއްޖެ އަށް ކަމިޔާބު އަދަދެއްކަމަށް ގާސިމް ވިދާޅުވިއެވެ.
ދައްކާ ދޮންދަގަނޑަކުން މުގުރަކުން އަޅުގަނޑުގެ އަޒުމެއް ނުގުޑާނެ :ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ