ފޭދޫ ފިހާރައެއް ފަޅާލައި ފައިސާ އާއި ބައެއް ތަކެތި ވަގަށް ނަގައިފި

ބުދަ ދުވަހުގެ ރޭ ފަތިހު ފޭދޫ ފިހާރައެއް ފަޅާލައި ފައިސާ އައި ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.
"ކާލިއު" ފިހާރަ އިން ވާހަކަ ދެއްކި އަލީ މޫސާ ބުރާސްފަތި ދުވަހު ބުނީ އެ ފިހާރަ އިން ވައްކަންކޮށްފައި ވަނީ ފިހާރައިގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ކަމަށެވެ.
"އަޅުގަނޑު ފަތިހު ފަތިސް ނަމާދަށް ދާން ނިކުތްއިރު އެކަން ކޮށްފައެއް ނެތް. އެހެންނަމަވެސް ނަމާދުކޮށްލައިގެން ގެއަށް އައިއިރު ފިހާރަ ފަޅާލައިފައި ހުރީ. އެހެންވެ ބެލެވެނީ ގާތްގަނޑަކަށް 30: 4 އެހާކަށްހާއިރު ކަމަށް މިކަން ކޮށްފައިވާ ކަމަށް ލަފާ ކުރެވެނީ،" އޭނާ ބުންޏެވެ. "ފިހާރައިގެ މައިދޮރުގެ ބިއްލޫރިގަނޑު ގާބުރިއަކުން ޖަހައި ތަޅާލައިގެން ފިހާރައަށް ވަދެފައި ހުރީ. ފިހާރައިން ގެއްލިފައި ވަނީ ދަޅާއި ސިނގިރެޓްގެ އިތުރަށް ފައިސާ. އަދި ވަށްގަނޑުގައި ބަހައްޓައިފައި ހުރި 400 ވަރަކަށް ރުފިޔާ ވަގަށް ނަގާފައި ވަނީ."
މިމައްސަލަ ގަން ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ