އަބްދުﷲ ގާޒީއާ ދިމާކޮށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދާ ދިމާކޮށް ހަމަލާދޭން އުޅުމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ސަން އަށް އެގިފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރު ކުރީ އަބްދުލްﷲ ގާޒީ އިއްޔެ ރ. މާކުރަތުގައި ހުކުރަށް ވަޑައިގަތުމަށް ފަހު ހުކުރުން ފައިބައިވަޑައިގެން ގެއަށް ވަޑައިގަތް މަގުމަތީ އޭނާއާ ދިމާކޮށް ހަމަލާންދޭން މަސައްކަތްކުރުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ބަޔަކު އަބުދުލްﷲ ގާޒީއާ ދިމާކޮށް ހަމަލާންދޭން އުޅުކަމުގެ ތުހުމަތުގައި ކޯޓް އަމަރެއްގެ ދަށުން ރޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތު އެކަމަށް ހުރަސްއެޅި ހަ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފައިވާ ކަމަށެވެ.
އަބުދުﷲ ގާޒީއާ ބަޔަކު ދިމާކޮށް ހަމަލާދޭން މަސައްކަތްކޮށްފައިވާ އިރު ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ދ. މާއެނބޫދޫ އަށް ވަޑައިގަތުމުން މިނިސްޓަރަށް ބިރު ދައްކައި އިންޒާރު ދިން ކަމުގެ ތުހުމަތަށް ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ