ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމަށް ފަނޑިޔާރު އަބްދުﷲ ދީދީ ހަމަޖައްސައިފި

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖެއްސުމަށް މިއަދު ކޮމިޝަނުން ނިންމައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބުނީ އެ ކޮމިޝަނުން މިގޮތަށް ނިންމީ “ފަނޑިޔާރުން ޢައްޔަނުކުރުމުގައި ކޮމިޝަނަށް ލަފާދޭކޮމިޓީ” ގެ ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”ން ކަނޑައަޅާފައިވާ ކްރައިޓީރިއާ އާއި އެއްގޮތަށް މާކްސް ދީ، އިންޓަރވިއުކޮށް، އެކޮމިޓީން ކޮމިޝަނަށް ހުށަހަޅާފައިވާ ކަރުދާހުގައިވާ ފަރާތްތަކުގެ ތެރެއިން، ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމަށް މިއަދު ކޮމިޝަނުގައި ނެގުނު ސިއްރުވޯޓުން ކަމަށެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމް ހުސްވީ ކުރިން އެ ކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ސުލޫކީ މައްސަލަތަކަކާ ގުޅިގެން އެ މަގާމުން ވަކިކުރުމުންނެވެ. އަދި އޭނާ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުން ވަކިކޮށް ޖުނައިނަލް ކޯޓުގެ ފަނޑިޔާރަކަށް ވަނީ ބަދަލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ