ކޮޅުފުށީގައި އިމާރާތްކުރި އިންޖީނުގެ ހުޅުވާ ފެނަކައާއި ހަވާލުކޮށްފި

ސަރުކާރުން ހަރަދުކޮށްގެން މ. ކޮޅުފުުށީގައި އިމާރާތް ކުރި އިންޖީނުގެ ހުޅުވާ މިއަދު އެތަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮޅިފުށި އިންޖީނުގެ އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ އެމްޓީސީސީންނެވެ.
މި އިންޖީނުގެ ހުޅުވައިދެއްވީ މިއަދު އެރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ ކޮޅުފުށި އިންޖީނުގެއަކީ ޒަމާނީ ފެންވަރަަށް އިމާރާތްކޮށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ އެންމެހާ ވަސީލަތްތަކާއި އެކު އިމާރާތްކޮށްފައިވާ އިންޖީނުގެއެއް ކަމުގަ އެވެ.
މިމަޝްރޫއަށް ސަރުކާރުން ވަނީ 34.5 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އިންޖީނުގެ މިއަދު ހުޅުވުނުއިރު އެތަނުގައި ވަނީ 250 ކިލޯވޮޓްގެ ދެ އިންޖީނާއި 200 ކިލޯވޮޓްގެ އިންޖީނެއް ބަހައްޓާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ