ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފިއެވެ. 
އެނގިފައިވާ ގޮތުގައި ގާޒީ އަހުމަދު ރަޝީދު ބުރާސްފަތި ދުވަހުން ފެށިގެން ސިވިލް ކޯޓަށް ބަދަލުކޮށްފައިވަނީ އަމިއްލައަށް އެދިގެން ނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ އަހުމަދު ރަޝީދު ދެން މަސައްކަތް ކުރައްވާނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ސެކްޝަނުގަ އެވެ. 
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގާޒީ އަހުމަދު ރަޝީދު ސަސްޕެންޝަނުގައި ބަހައްޓަވާފަ އެވެ. ގާޒީ އަހުމަދު ރަޝީދު ސަސްޕެންޝަން އުވާލީ އޭނާއާ މެދު ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވުމުންނެވެ.
ގާޒީ އަހުމަދު ރަޝީދު މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައިވާއިވާއިރު އޭނަ ސަސްޕެންޑް ކުރި މައްސަލަ ޖޭއެސްސީ ހާމަކޮށްފައެއް ނުވެއެވެ.
ގާޒީ އަހުމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ