ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދައްކަންޖެހޭ ފީ ބޮޑުކުރަން މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރުމަށް މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
އެ ބިލު ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނެވެ. އެ ކޮމެޓީން އެބިލް ފާސްކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ޕީޕީއެމަށް ނިސްބަތްވާ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ.
ހުސައިން ހުށަހެޅުއްވި އެއިސްލާހުގައިވަނީ މެމްބަރު ކަމަށް ކުރިމަތިލުމަށް މިހާރު ދައްކަންޖެހޭ 5،000ރ. ގެ ބަދަލުގައި 15،000ރ. ދައްކަންޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ.
މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ބޮޑުކުރަން ސަރުކާރުން ހުށަހަޅައި ފާސްކުރުމުގެ ކަންކަން ކުރިއަށްދާއިރު، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފީ ވެސް 40،000ރ. އިން 100،000ރ. އަށް ބޮޑުކުރުމަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ހުށަހަޅައި، ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެސް ހުސައިން އެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ބިލް ތަސްދީގު ކުރެއްވުމާއެކު މިހާރު ދަނީ އެ އިސްލާހަށް އަމަލު ކުރަމުން ނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ބޮޑުކުރަން ހުށަހެޅި އިސްލާހު މާދަމާގެ ޖަލްސާގައި ފާސްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ