އަބްދުﷲ ދީދީ އާއި ޣަނީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އައްޔަން ކުރަން ރުހުން ދީފި

ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީއާއި، އަބްދުލްޣަނީ މުހައްމަދު ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ދެބޭފުޅުން ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ރުހުންދީފައިވަނީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ ވޯޓުންނެވެ. ރޭގެ ޖަލްސާގައި ބައިވެރި ވަޑައިގެންފައިވަނީ ވެސް ހަމައެކަނި ޕީޕީއެމް އެމްޑީއޭ ކޯލިޝަން އަށް ނިސްބަތްވާ މެމްބަރުންނެވެ.
އަބްދުﷲ ދީދީއާއި ޣަނީ ސްޕުރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ލަފާދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލިފައިވުމާއެކު އެ ދެމަގާމު ހުސްވެފައިވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ