މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ 30 ފުރުސަތު ހުޅުވާލައިފި

ދިވެހި ޒުވާނުންނަށް މަތީތައުލީމުގެ އިތުރު ފުރުސަތުތަށް ހޯދައި ދިނުމުގެ ގޮތުން، މިއަހަރުވެސް މައުމޫން ފައުންޑޭޝަންގެ ފަރާތުން ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
މިއީ މައުމޫން ފައުންޑޭޝަނުން ހުޅުވާލެވޭ ޕާޓް-ފަންޑަޑް ސްކޮލަރޝިޕް ތަކެއްކަމަށް އެ ފައުންޑޭޝަނުން މައުލޫމާތު ދެއެވެ.
މިއަހަރު މައުމޫން ފައުންޑޭޝަނުން ހުޅުވާލާ ސްކޮލަރޝިޕްގެ ފުރުސަތުތަކީ އިންޑިޔާގެ، ބެންގަލޫރުގެ ގާޑަން ސިޓީކޮލެޖް އިން 9 ދާއިރާތަކުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތަކެއްކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.
އޭގެތެރޭގައި ހިމެނެނީ ބެޗަލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗަލާ އޮފް ކޮމާސް، ބެޗަލާ އިން ޓޫރިޒަމް، ހިސްޓްރީ، ޖާނަލިޒަމް، ބެޗްލާ އޮފް ކޮމްޕިއުޓަރު އެޕްލިކޭޝަން، ބެޗަލާ އިން ޖާނަލިޒަމް، ސައިކޮލޮޖީއެވެ.
މީގެ އިތުރަށް އިންގްލިޝް، ބެޗަލާ އިން ފެޝަން އެންޑް އެޕެރަލް ޑިޒައިން، ބެޗަލާ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗަލާ އޮފް ފިޒިއޮތެރަޕީ އާއި މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓްގެ ފުރުސަތުވެސް ހިމެނޭކަމަށް މައުމޫން ފައުންޑޭޝަނުން ބުނެއެވެ.
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން ގެންދަނީ ދިވެހި ޒުވާނުންނަށް މަތީތައުލީމުގެ އިތުރު ފުރުސަތުތަށް ހޯދައިދިނުމަށް ކޮންމެ އަހަރަކުވެސް ތައުލީމުގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ