2018 ވަނަ އަހަރު ވޯލްޑް ކަޕުގެ މެސްކޮޓަކީ ހިޔަޅެއް

2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕު ފުޓްބޯޅަ މުބާރާތުގެ މެސްކޮޓަކަށް ޒަބިވަކާގެ ނަމުން ނަން ދީފައިވާ ހިޔަޅެއް ހަމަޖައްސައިފި އެވެ.
1996 ވަނަ އަހަރު އިންގްލޭންޑުގައި ބޭއްވި ވޯލްޑް ކަޕުން ފެށިގެން ފީފާ އިން އަންނަނީ ކޮންމެ ވޯލްޑް ކަޕަކަށް މެސްކޮޓެއް ތައާރަފްކުރަމުންނެވެ. މެސްކޮޓުގެ ގޮތުގައި ހަމަޖައްސަނީ، އެ ގައުމަކަށް ހާއްސަ ޖަނަވާރެއް، ދޫންޏެއް ނުވަތަަ މީހެއްގެ ކާޓޫން ކެރެކްޓާއެކެވެ.
މެސްކޮޓު ތަޢާރަފް ކޮށްދިނީ ބްރެޒިލްގެ މަޝްހޫރު ފޯވާށު ރޮނާލްޑޯއެވެ. އޭނާ ބުނާ ގޮތުގައި މެސްކޮޓުގެ ސަބަބުން ސްޓޭޑިއަމަށް އުފާވެރިކަމާއި ފޯރި ގެނެސްދެއެވެ.
ރަޝިއާގެ މެސްކޮޓަކަށް ހިޔަޅު ހަމަޖެއްސީ އިންޓަނެޓް މެދުވެރިކޮށް ނެގި ވޯޓަކުން ކުރި ލިބުމުންނެވެ. ހިޔަޅަށް 53 ޕަސެންޓް ވޯޓްލިބުނު އިރު ދެން ހުށަހެޅި ސިންގާ އަށް ލިބުނީ 27 ޕަސެންޓް ވޯޓެވެ. އަދި ބުޅަލަށް ލިބުނީ 20 ޕަސެންޓެވެ.
ރަޝިއާގައި އަންނަ އަހަރު ބާއްވާ ކޮންފަޑެރޭޝަންސް ކަޕާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތެރޭގައި މި މެސްކޮޓް ސަޕޯޓަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރަޝިއާގެ ކުޅިވަރާ ބެހޭ ވަޒީރު ވިޓާލީ މުޓްކޯ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ