މަސީހު މަގާމުން ވަކިކުރުމަށް މަސައްކަތެއް ނުކުރަން - ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން، މަސައްކަތް ނުކުރައްވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިމިވަނީ، މަޖިލީހުގެ ރައީސްކަމުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ އަޑީގައި ތިއްބެވީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން އިއްޔެ ވިދާޅުވެފައިވާތީއެވެ.
މާމިގިނލީ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސީހު މަގާމުން ވަކިކުރަން ޖުމްހޫރީ ޕާޓީން އަދި އޭނާ ވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ގައުމު ހަމަނުޖެހުމަކަށް ހިނގައިދާނެ އެއްވެސް ކަމެއް، ޖުމްހޫރީ ޕާޓީން ނުކުރާ ކަމަށާއި، އަދި ނުވެސްކުރާނެ ކަމަށެވެ.
 
މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން މަސީހްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް އެމެންބަރުން ފެއްޓެވި ނަމަވެސް އަދި މިހާތަނަށް އެމައްސަލަ ހުށަހަޅާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ