ކޮންމެ ވެރިޔަކު ހުއްޓަސް ޤާނޫނާ ޚިލާފުވުމަށް ރައްޔިތުން ނޭދޭ - ޑރ ޝަކީލާ

ކޮންމެ ބޭފުޅަކު ވެރިކަޔަކަށް ހުއްޓަސް ގާނޫނާއި ޚިލާފު އަމަލުތައް ކުރުމަށް ރައްޔިތުން ނޭދޭނެ ކަމަށް ކުރީގެ ހެލްތް މިނިސްޓަރ ޑރ މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ..
އެކަމަނާ މިހެން ވިދާޅުވެފައި ވަނީ، މިއަދު މެންދުރުފަހު ކުރެެއްވި ޓްވީޓެއްގައެވެ.
ޑރ މަރިޔަމް ޝަކީލާއަކީ، ރައީސް ޔާމީންގެ ސަރުކާރުގައި ހެލްތް މިނިސްޓަރުކަން ކުރެއްވި ބޭކަނބަލެކެވެ. އަދި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެންވަޔަރަމެންޓް އެންޑް އެނާރޖީ މިނިސްޓަރކަން ކުރެއްވި ބޭކަނބަލެކެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި، މިދިޔަ އަހަރުގެ މެދުތެރެއިން މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ، އުވާލައި، "މިނިސްޓްރީ އޮފް ހެލްތް" އުފައްދަވައި، އެކަމަނާ އެމަޤާމަށް އައްޔަން ކުރައްވާފައެވެ. ނަމަވެސް ޕީޕީއެމްގެ މަޖިލީސް މެމްބަރުން އެކަމަނާއަށް ރުހުން ނުދިނުމުން އެކަމަނާ ވަނީ އެމަޤާމުން ވަކިކޮށްފައެވެ.
“ޤާނޫނު އަސާސީގެ ދިފާއުގައި ދިވެހިން”، ގެ ނަމުގައި އެމްޑީޕީ އަދި ޖޭޕީ ގުޅިގެން ބާއްވާ މުޒާހަރާ ފެށުމަށް ނިންމާފައި ވަނީ މިއަދު ހަވީރު 16:00 ގައެވެ. މުޒާހަރާގައި ބައިވެރިވުމަށް އަތޮޅު ތެރޭގައި ތިބި ދެ ޕާޓީއަށް ތާއީދު ކުރާ ބައެއް ފަރާތްތައްވެސް ވަނީ މާލެ އައިިސްފައެވެ.
މިއަދުގެ މުޒާހަރާގައި ސަރުކާރު ވައްޓަލާނެ ކަމަށް އެމްޑީޕީ އަދި ޖޭޕީގެ ބައެއް ބޭފުޅުންވެސް އަންނަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުންނާއި ޕީޕީއެމްގެ އިތުރުން އެމްޑީއޭއިން ބުނަނީ ވެރިކަން ވައްޓާނުލެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ