ޓެކްނިކަލް މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދީފިން: ސްޓެލްކޯ

ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދީފައި ވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހިސާބުތަކަށް މިހާރު ކަރަންޓު ދީފައި ވާކަމަށެވެ. އަދި ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށްފައި ވާކަމަށް ބުންޏެވެ.
ސްޓެލްކޯއިން ވަނީ މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ޝުކުރު ދަންނަވާފައެވެ. އަދި ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަހަށް އެދިފައި ވެއެވެ.
ޓެކްނިކަލް މައްސަލަ ހައްލު ކުރި ނަމަވެސް އަދިވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓު ނުލިބޭ ކަމަށް ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ. ސްޓެލްކޯއިން ބުނީ، އެ ސަރަހައްދުތަކަށް ކަރަންޓު ނުލިބެނީ އެ ކުންފުނީގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ނޫން ކަމަށެވެ. އަދި ހުރިހަ ޓްރާންސްފޯމަރެއް މިހާރު އެނަޖައިޒް ކޮށްފައި ވާކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ