ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭ "އެޗްއެމްއެފް މޯލްޑިވްސް"ގެ ޔުނީފޯމްތައް މޯލްޑިވްސް ޕޯސްޓްގެ "އީ-ޓުކުރި ޕްލެޓްފޯމް" މެދުވެރިކޮށް އޮންލައިންކޮށްގަނަވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ޕޯސްޓް އޮފީހުން ބުނި ގޮތުގައި އީ-ޓުކުރި shop.etukuri.mv/stores/hmfmaldives މެދުވެރިކޮށް އަށް ސްކޫލެއްގެ ޔުނިފޯމު މިހާރު ލިބެން ހުންނާނެ އެވެ. އީ-ޓުކުރިން ލިބެން ހުރި ޔުނިފޯމުގެ ތެރޭގައި އަމީނިއްޔާ އާއި އިއްޒުއްދީނާއި ތާޖުއްދީނާއި ޖަމާލުއްދީނާއި އިސްކަންދަރު އާއި ޣާޒީ އަދި ސީއެޗްއެސްއީ އަދި އަރަބިއްޔާ ސްކޫލް ހިމެނެ އެވެ.
ކިޔޫގައި ނުޖެހި ކޮންމެ ތަނެއްގައި ތިބެގެން ވެސް ޔުނިފޯމު ގަނެވޭނެ އިންތިޒާމު ހަމަޖެއްސި އިރު އޮންލައިންކޮށް ފައިސާ ވެސް ދެއްކޭނެ އެވެ. އަދި ޔުނިފޯމު އޯޑަރުކުރާތާ 24 ގަޑިއިރު ތެރޭގައި ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްއެމްއެފް އިން ބުނީ އީ-ޓުކުރިއާ ގުޅިގެން އޮންލައިންކޮށް އެކްޓިވިޓީ ޔުނީފޯމް ލިބޭނެގޮތް ހެދީ، އެހެން އަހަރުތަކާ ހިލާފަށް ބެލެނިވެރިން އަދި ދަރިވަރުން ގިނަ ވަގުތު ކިއުގައި މަޑުނުކޮށް، ރައްކާތެރިކަމާއެކު، ގައިދުރުކުރުމާ އެކު ގޭގައި ތިބެގެން ފަސޭހައިން ޔުނީފޯމް ގަނެވޭނެ ގޮތް ހެދުމުގެ މަގުސަދުގައި ކަމަށެވެ.
އީ-ޓުކުރި އަކީ ރަޖިސްޓްރީވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވްތަކާއި އޮންލައިން ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ އީ-ކޮމާސް ސޮލިއުޝަނެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މުދާ ގަންނަ މީހުންނަށް އެ މުދަލެއް ލިބެންދެން ޓްރެކް ވެސް ކުރެވޭނެ އެވެ.
އީ-ޓުކުރި މެދުވެރިކޮށް މުދާ ގަތުމާ ގުޅޭ އެއްވެސް މައުލޫމާތެއް އޮޅުން ފިލުވަން ބޭނުންވާނަމަ އެ ޕްލެޓްފޯމްގެ އެފްބީ ޕޭޖާއި ހޮޓްލައިން 7632513 ނުވަތަ އީމެއިލް info@etukuri.mv މެދުވެރިކޮށް މައުލޫމާތު ލިބޭނެ އެވެ.
އެޗްއެމްއެފް މޯލްޑިވްސްގެ ސްކޫލް ޔުނީފޯމްތައް އީ-ޓުކުރިން މިހާރު ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ